ads
އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ރައީސް ހުޅުވައިދެއްވަނީ
އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ރައީސް ހުޅުވައި ދެއްވައިފި
ފުވައްމުލަކުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ގާއިމު ކުރި ޕޮލިޓިކަލް ސެންޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

އެ ސެންޓަރު ހުޅުވައިދެއްވުމުގެ ގޮތުން އެތަނުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ރައީސް ސާލިހެވެ.  އެމްޑީއޭގެ ދިދަ ނަންގަވައި ދެއްވީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ރައީސް ވަނީ އެ ތަން ހުޅުއްވައި ދެއްވުމަށް ފަހު، މެހްމާނުންގެ ފޮތުގައި ސޮއި ކުރައްވައިފައެވެ.

ރައީސް މާދަމާ އަދާލަތު ޕާޓީގެ ޖަގަހައެއް ވެސް ފުވައްމުލަކުގައި ހުޅުއްވައި ދެއްވާނެއެވެ.

މި ޖަގަހަ ތަކަކީ ރައީސް ސާލިހަށް ދެވަނައުދެއް ކާމިޔާބުކޮށްދިނުމަށް ކެމްޕޭނު ކުރުމުގެ ގޮތުން ހުޅުވާ ޖަގަހަތަކެކެވެ. 

ރައީސް ސާލިހު ފުވައްމުލަކަށް ކުރައްވަމުން ގެންދަވަނީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް