ރަޖިނީކާންތު ކުޑަ ވިލިނގިލީ ރިސޯޓް މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ރިސޯޓުގެ މުވައްޒަފުން ވަނީ ވަރަށް ކުލަގަދަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ގޮސް ދިން އިންޓަވިއުތަކުގައި ރަޖްނީކާންތު ބުނެފައިވަނީ ދިވެހި ރާއްޖެއަކީ އޭނާގެ ދެ ވަނަ ގެ ކަމަށެވެ.
ރިސޯޓުން ރަޖިނީކާންތަށް މަރުހަބާ ކިޔާފައިވަނީ މަލުގެ ފިޔަތަކުންނެވެ. އޭނާ ރާއްޖޭގައި އުޅުނީ އަމިއްލަ ޕޫލެއް ހުރި ލަގްޒަރީ ވިލާއެއްގައެވެ.
އޭނާގެ ވަގުތު ހޭދަކުރީ ފެތުމާއި، ސަން ބާތް ކުރުމާއި، ރާއްޖޭގެ ރަށްތަކުގެ ރީތިކަން ބަލާލުމުގައެވެ.