ads
ރައީސް ށ. ފޮނަދޫގައި
އެމްޑީޕީއާއި ވާދަކުރަނީ ޕީޕީއެމުން އެކަނި، އެހެންޕާޓީތަކަށް ތާއީދު ނެތް: ރައީސް
ރިޔާސީ އިންތިހާބުގައި ގިނަ ޕާޓީތަކަކުން ކުރިމަތިލެއްވި ނަމަވެސް, ސިޔާސީ މަޝްރަހު ތަރުތީބުވެފައި އޮތް ގޮތުން އިންތިހާބުގައި އެމްޑީޕީއާ ވާދަކޮށްލެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެންވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގައި ށ. ފުނަދުއަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަޅުގަނޑުމެންގެ ވާދަވެރިންނަކީ ކޮބައިތޯ އެބަ ވިސްނާލަން ޖެހޭ. ބައެއް ޕާޓީތަކުން އެބަ ކުރިމަތިލައްވާ, ތިން ހަތަރު ބޭފުޅުންގެ ނަން އަޅުގަނޑުމެންނަށް އަޑު އެބައިވޭ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަޙް މިހާރު އޮތް ގޮތުން ހަމަ ވާދަ ކުރާނީ އެމްޑީޕީއާއި ޕީޕީއެމް. އެ ނޫން ބަޔަކަށް އެ ބުނާ ވަރުގެ ތާއީދެއް އޮތް ތަނެއް ނުފެނޭ" ރައީސް ސޯލިހު

މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން, އެމްއެންޕީ, ޖޭޕީ އަދި ޑިމޮކްރެޓްސް އިން ވަނީ އިއުލާންކޮށްފައެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ, ކުރީގެ ސަރުކާރުގައި ރައްޔިތުން 5 އަހަރު ތަޖުރިބާކޮށްފައިވާކަމަށާއި، އެ 5 އަހަރު ރައްޔިތުނާ ކުރިމަތިވި ދަތި އުދަނގުލާ ތަހަމަލު ކުރަންޖެހުނު ދަތި ހާލަތު އަބަދުވެސް ހަނދާނުގައި ބަހައްޓަން ވާނެކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމަވާ ނިންމުން އެއީ ރާއްޖޭގެ މުސްތަގުބަލާއި ގުޅިފައިވާ ނިންމުމެއްކަން ވިސްނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

"ތަރައްގީއާއެކު ކުރިޔަށްދާނީތޯ, ނޫނީ އަނިޔާވެރިކަމުގެ ތެރެއަށް އެނބުރިދާނީތޯ" ރައީސް ސޯލިހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް