އޭނާއަށް މި ތުހުމަތު ކޮށްފައިވަނީ އިންސްޓަގްރާމް މޮޑެލް، ސޮފިއާ ބާކްލޭއެވެ. ޓީވީ ޝޯއެއްގައި ވާހަކަދައްކަމުން އޭނާ ބުނީ މިހާދިސާ ހިނގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށެވެ.
އޭނާ ކިޔައިދިން ގޮތުގައި ނޭމާ ވަނީ ކޮވިޑް ޕެންޑަމިކް ތެރޭގައި ޕާޓިއެއް ބާއްވާފައެވެ. ސޮފިއާ ބުނި ގޮތުން، ނޭމާ ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގީ އެޕާޓީގެ ތެރޭގައެވެ. އަދި މިޕާޓީގެ އެއްވެސް މަންޒަރެއް ލީކުވެދާނެތީ ޕާޓީއަށް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މި ފަހުން ނޭމާއާއި ގުޅޭ މިފަދަ ތަފާތު ގިނަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އޭނާ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ނޭމާ މިހާރު އަންނަނީ ޕީއެސްޖީއާއެކު ޖަޕާނުގައި ޕްރީ ސީޒަންގެ ތައްޔާރީތައް ވަމުންނެވެ.