ads
ގެއްލުނުތާ ދޮޅު އަހަރު، ފިލީ އަނބިމީހާ ހެދެ ބިރުން
ގެއްލުނުތާ ދޮޅު އަހަރު، ފިލީ އަނބިމީހާ ދެކެ ބިރުން
މީގެ 1.5 އަހަރު ކުރިން ގެއްލިގެން ހޯދަމުން ދިޔަ ކެރެލާގެ އިދިއްކީ މީހަކު ފުލުހުން ހޯދައިފިއެވެ.

އޭނާ ހޯދުމުން ބުނެފައިވަނީ ގެއިން ނުކުމެގެން ދިޔައީ އަނބި މީހާދެކެ ބިރުން ކަމަށެވެ. 

ގެއްލިގެން ހޯދަމުން ދިޔަ ނޫޝާދު ނަމަކަށް ކިޔާ މީހާ ފުލުހުން ހޯދާފައިވަނީ އޭނާގެ 25 އަހަރުގެ އަނބިމީހާ އޭނާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރިތާ އެއް ދުވަސް ފަހުންނެވެ. 

ނޫޝާދު މަރާލައި އޭނާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ބުނެ އޭނާގެ އަންހެންނުން ވަނީ ފުލުހުން ގާތު ބުނެފައެވެ. 

ފުލުހުން ބުނި ގޮތުގައި ޕަތަނަމްތިއްޓާ ޑިސްޓްރިކްޓްގެ ކަލަންޖޫރު ސަރަހައްދަށް ނިސްބަތްވާ ނޫޝާދު ގެއްލިފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގެއިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އެއަށްފަހު އޭނާ އުޅުވީ ދަނޑެއްގައި ލޭބަރެއްގެ ގޮތުގައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޫޝާދު ބުނީ "އަނބިމީހާ ދެކެ ބިރުގަނެގެން ގެއިން ނުކުމެގެން ދިޔައީ" ކަމަށެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި އޭނާގެ އަންހެނުން ގުޅާ ފިރިހެނުންތަކެއް ވަނީ އެނާ ގައިގައި ތަޅައިގަތުމަށް އެނާގެ ގެއަށް އައިސްފައެވެ. 

އޭނާގެ އަންހެނުން ވަނީ ފަހުން ދޫކޮށްލުމަށް ފަހު އަނެއްކާވެސް ހައްޔަރުކޮށްފައެވެ. އެއީ ފުލުހުންނަށް ދޮގު ބަޔާން ދިނުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް