ޓިއުނީޝިއާގެ ކަމާބެހޭ ފަރާތްތަކުން އެމީހުން އެތަނަށް އެއްވެސް އެއްޗެއް ނެތި އުކާލި ކަމަށް ބުނާތާ ހަފްތާތަކެއްވެއްޖެއެވެ.
ސަބް ސަހަރާ އެފްރިކާއިން ގާތްގަނޑަކަށް 140 އެއްހާ ރެފިއުޖީން ހިމެނޭ ގްރޫޕަކީ ލީބިޔާ ނުވަތަ އަލްޖީރިއާއާ އެކު ޓިއުނީޝިއާގެ ބޯޑަރު ސަރަހައްދުތަކަށް އެންމެ ފަހުން ގެންދިޔަ ގްރޫޕެވެ.
ޖޯޖް ނަމަކަށް ކިޔާ ނައިޖީރިއާގެ ރެފިއުޖީއަކު އޭއެފްޕީއަށް ބުނީ "އަހަރެމެން މަރުވަމުން މިދަނީ. ޕްލީޒް، އަހަރެން އާދޭސް ކުރަން. މިހާރު މިތަނުން އަހަރެމެން ގެންގޮސްދީބަލަ. އައިސް އަހަރެމެން ސަލާމަތް ކުރޭ މިތަނުން".
ނައިޖަރުގެ އަނެއް ހިޖުރަވެރިއެއް ކަމަށްވާ ފާތިމަތު، 36، ބުނީ ޓިއުނީޝިއާގެ ސިފައިން "އަހަރެމެންގެ އަތުން ހުރިހާ އެއްޗެއް އަތުލައި މިތަނަށް ދޫކޮށްލީ"
އެމީހުންގެ މޯބައިލް ފޯނު ވެސް އަތުލާފައިވާކަމަށް އެމީހުން ބުނެއެވެ.