ސައިންސުވެރިން ދިރުވާފައިވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެންނަ ވައްތަރެއްގެ 'ރައުންޑް ވޯމް' ފަންޏެކެވެ.
ފަނި ފެނުނީ ސައިބީރިއާގެ ޕާމާފްރޮސްޓްގައި ބިމުގެ 40 މީޓަރު (131.2 ފޫޓު) އަޑިން 'ކްރިޕްޓޯބަޔޮސިސް' ގެ ނަމުން މަޝްހޫރު ހާލަތެއްގައި އޮއްވައެވެ.
'ކްރިޕްޓޯބަޔޮޓިކް' ހާލަތުގައި ހުންނަ ޖަރާސީމުތަކާއި މިފަދަ ފަނިތަކަށް ފެން ނުވަތަ އޮކްސިޖަން ނެތަސް ދިރިހުރެވެއެވެ. އަދި ވަރަށް ގަދަ ހޫނާއި ފިނީގައިވެސް ދިރިއުޅެވެއެވެ. އިންތިހާއަށް ލޮނުގަދަ ހާލަތްތަކުގައި ވެސް މިފަދަ ފަންޏަށް އަސަރެއް ނުކުރެއެވެ.
މި ހޯދުމުން ދިރޭ ތަކެތީގެ ކެތްތެރިކަމާއި، އަދަޔާހިލާފަށް ހޫނު އަދި ފިނި ޙާލަތްތަކުގައި ދިރިހުރުމުގެ ފުރުސަތު އޮތްކަން ހާމަވެގެންދެއެވެ.