ads
މިލަންދޫ ފުޓްބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވަނީ
މިލަންދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އޮފީސް ރައީސް ހުޅުއްވައިިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ށ. މިލަންދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސޯލިހު މިތަންތަން ހުޅުއްވައިދެއްވީ ކެމްޕެއިން ދަތުރުފުޅެއްގައި ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މިލަންދޫއަށްް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. 

މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓަރފްއަޅައިގެން ތަރައްގީ ކޮށްފައިވާ ފުޓުބޯޅަ ދަނޑެކެެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް އިމާރާތަކީވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތުގައި، 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭއިރު، މިއީ ތިންބުރީގެ އޮފީސް އިމާރާތެކެވެ.

އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގައި ނިމިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ހިދުމަތްތައް ދަނީ އިފްތިތާހުކޮށްދެއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް