މަޑުއްވަރީން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އަނެއްކާވެސް 10 ދުވަސް
28 ޑިސެމްބަރ 2019 - 15:24:10
ހަރުކަށި ފިކުރާއި ދެކޮޅަށް ސަލާމަތީ ހިދުމަތްތަކުން ރ. މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހައިިފިއެވެ.

ފުލުހުން ބުނީ މަޑުއްވަރީން ހައްޔަރުކުރި ތިން ދިވެހި ފިރިހެނުންނގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިއަދުން ފެށިގެން އިތުރު 10 ދުވަސް މުއްދަތު ދީފައިވާ ކަމަށެވެ.
ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށުން ފުލުހުން ހައްޔަރުކުރީ 30 އަހަރުގެ ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރު ފިރިހެނެކެވެ. މި އެންމެން ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހުގައެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
ފުލުހުން ހިންގި އެއޮޕަރޭޝަނުގައި އެރަށުގެ ބައެއް ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއެއްގެ މީހުން އެއްބަސްވުމުން އެ އާއިލާގައި ހިމެނޭ ތިން ކުޑަކުއްޖަކަށް ވެކްސިން ދީފައެވެ.
އަދި ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ނަސޭހަތް ގަބޫލު ކޮށްފައި ނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައިވެއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއި އެކު އެ ކުޑަ އަންހެން ކުއްޖާ މައިންބަފައިންގެ އަތުން ނެގުމަށްފަހު ބޮޑު ދައިތައަކަށް ހަވާލުކޮށްފައެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަށް ރާއްޖޭގައި ދީނީ ހައްދުފަހަނައެޅުން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މީހުންގެ ފުރާނަ ދުއްވާލުމަށް ފަސްނުޖެހޭ ހިސާބަށް ދީނީ ހަރުކަށި ވިސްނުން ހުރި 1400 އަށް ވުރެ ގިނަ ދިވެހިން ރާއްޖޭގައި އުޅޭ ކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް