ads
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން-
ރިޔާސީ އިންތިހާބު: އިންތިޚާބާ ގުޅޭ ރެކޯޑް ސާފުކުރަން ވަގުތު އޮއްވާ ހުށައަޅަން އެދިއްޖެ
އިންތިހާބާއި ގުޅިގެން ރެކޯޑް ސާފުކުރުމަށް މަދުވެގެން 48 ގަޑިއިރުގެ ވަގުތު ބޭނުންވާތީ، ރެކޯޑް ސާފުކުރައްވާ ފަރާތްތަކުން ވަގުތަށް ސަމާލުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެދިއްޖެ އެވެ.
Advertisement

ޑީ.ޖޭ.އޭއިން ބުނީ ހަފްތާ ބަންދުގައިވެސް ފޯމު ހުށައެޅޭގޮތަށް ފުރުޞަތު ދީފައިވަނީ، އާއްމުކޮށް ރިކޯޑް ސާފުކުރުމަށް ހޭދަވާ ވަގުތަށްވުރެ، ރިޔާސީ އިންތިހާބާއި ގުޅިގެން ރެކޯޑް ސާފުކުރުމަށް އިތުރު ވަގު ހޭދަވާތީކަމަށެވެ.

ރެކޯޑް ސާފު ކުރުމުގެ ފުރުސަތު މިއަދު ހަވީރު 17:30 އާއި ހަމައަށް ހުޅުވާލައި، މާދަމާ ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އާއި ހަމައަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ޑީ.ޖޭ.އޭއިން ހުޅުވާލާފައެވެ.

ޑީ.ޖޭ.އޭއިން ވަނީ، އިންތިޚާބުގެ ސުންގަޑީގެ ކުރިން މިކަމައި ގުޅޭ ރިކޯޑް ލިބޭވަރަށް ވަގުތު އޮއްވާ، އެކަމަށް އެދި ފޯމު ހުށައެޅުމަށް އިލްތިމާސްކުރައްވާފައެވެ. މިކަމަށް އެދި ޑީ.ޖޭ.އޭގެ ރިސެޕްޝަން ނުވަތަ މެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލީ ނިމުނު ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 7 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ.

ރައީސް ޔާމީން މިމަހުގެ އެއްވަނަ ދުވަހު ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ދުވަހު ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފަ އެވެ.

އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޔާމީން ހުށަހެޅުއްވި ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން އެ މަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު 4 ޖެހިއިރު ވަނީ އެ ކޯޓުގައި ފެށިފަ އެވެ.

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުންގެ އިތުރުން، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި ކެންޑިޑެސީ ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަކީ:

  • އެމްޑީޕީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

  • ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

  • އެމްއެންޕީން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް

  • ދަ ޑިމޮކްރެޓްސް އިން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

  • އެމްއެމްއާރުއެމް އިން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން

  • އަމިއްލަ ގޮތުން - ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

  • އަމިއްލަ ގޮތުން - ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް