ads
އެކްސެލް ޑިސާސީ
ފްރާންސްގެ ޑިސާސީ ޗެލްސީއަށް
ފްރާންސްގެ ޑިފެންޑަރު އެކްސެލް ޑިސާސީ ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ޑިސާސީ ޗެލްސީއަށް ބަދަލުވީ މޮނާކޯގައި ތިން އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާ ޗެލްސީއާއި ގުޅުނީ 45 މިލިއަން ޔޫރޯއަށް ހައަހަރުގެ މުއްދަތަކަށެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި މޮނާކޯއިން ލީގު 1 ގައި ކުޅުނު 38 މެޗުގައިވެސް ކުޅެފައެވެ. 

ޗެލްސީއާއި ގުޅުމަށްފަހު ޑިސާސީ ބުނީ އެޓީމަށް ކުޅެން އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ. އަދި ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. 

ޑިސާސީ ފްރާންސް ޓީމަށް ކުޅެން ފެށީ މިދިޔަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް ހަތަރު މެޗު ކުޅެދީފައެވެ. 

މޮނާކޯގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ އެޓީމަށް 99 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް