ads
އީސީގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އަދި ހަސަން ލަތީފް
ރިޔާސީ އިންތިހާބު ފަސްކޮށްފިނަމަ ގާނޫނު އަސާސީއާ ހިލާފުވެދާނެ: އީސީ
ރިޔާސީ އިންތިހާބު ފަސްކޮށްފިނަމަ ގާނޫނު އަސާސީގައި ބުނާ މުއްދަތައް ރައީސަކު އިންތިހާބު ނުވެދާނެކަމް، އިލެކްޝަންސް ކޮމިޝަނުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު މިހެން ބުނީ ރައީސް ޔާމިން އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ރައީސް ޔާމިންގެ ފަރާތުން، އެމަނިކުފާނަށް ކުރިމަތި ނުލެވޭނަމަ، ޕީޕީއެމްއަށް އިންތިހާބު ގައިވާދަކުރަން އިތުރު ކެނޑިޑޭޓަކު ނެރެން ފުރުސަތު ދިނުމަށް ރައީސް ޔާމިންގެ ފަރާތުން އެދިލެއްވުމުންނެވެ.  

އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތަށް އިތުރު ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ގިނަ މަސައްކަތަކެއް އަލުން ކުރަންޖެހެނެކަމަށެވެ. އަދި ކެންޕޭނު ކުރުމަށް ދޭންޖެހޭ ވަގުތުވެސް އިތުރުކުރަން ޖެހޭނެކަމަށާއި، އޭގެ ސަަބަބުން ގާނޫނު އަސާސީގައި ބުނާ މުއްދަތައް ރައީސަކު އިންތިހާބު ނުކުރެވިދާނެކަމަށެވެ.

"ކެންޑިޑެސީގެ މުއްދަތު އިތުރުކޮށްފި ނަމަ، ގާނޫނުގައި ކެމްޕެއިން ކުރަން ދޭން ޖެހޭ 30 ދުވަސް ނުލިބޭނެ. އިންތިހާބު ބާއްވާ ދުވަސް ފަސްކޮށްފި ނަމަ، މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބު ކުރަން ޖެހުމަކީ ގާނޫނުއަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ހުރަސް އެޅިދާނެ ކަމެއް،" - ހަސަން ޒަކަރިއްޔާ-

އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނުގައި ބުނާ މުއްދަތަށް، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ވެސް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އީސީގެ ނިންމުން ބާތިލުކަމަށް ކަނޑައަޅައިދިނުމަށާއި ޔާމީނަކީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ފަރާތެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށާއި ޔާމީނާއި އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އަލުން ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ދިނުމުގެ އިތުރުން ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ކެންޑިޑޭޓަކު ނެރެން ޕީޕީއެމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އެހެން ބޭފުޅަކަށް ފުރުސަތު ދޭން ޔާމީން ސުޕްރީމްކޯޓުގައި އެދިވަޑައިގެންނެވިއިރު އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ކެނޑިޑޭޓެއް ނެރެން ނިންމާ އެޕާޓީން ވަނީ ޑރ. މުހައްމަދު މުއިއްޒަށް ރިޔަސީ ކެނޑިޑޭޓްކަންވެސް އިއްޔެ ދީފައެވެ.

އިންތިހާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް