ads
ހެރީ ކޭން
ކޭން ހޯދުމަށް ބަޔާންގެ ފަހު ބިޑްކޮށްފި
ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ހޯދުމަށް ބަޔާން މިއުނިކުން ތިންވަނަ ބިޑެއް ކޮށްފިއެވެ.

ތިންވަނަ ފަހަރަށް ބިޑް ކުރުމަށްފަހު ބަޔާންއިން ބުނީ ކޭން ހޯދުމަށް އިތުރު ބިޑެއް ނުކުރާނެ ކަމަށެވެ. އަދި މި ހުށަހެޅުމަށް އަވަސް ޖަވާބެއް ދިނުމަށްވެސް ބަޔާންއިން ވަނީ އެދިފައެވެ. 

ކޭން ހޯދުމަށް ބަޔާނުން އެންމެ ފުރަތަމަ ހުށަހެޅީ 70 މިލިއަން ޔޫރޯގެ ބިޑެކެވެ. އޭގެ ފަހުން ދެވަނައަށް ބިޑްކުރީ 80 މިިއަން ޔޫރޯއަށް އޭނާ ހޯދުމަށެވެ. ނަމަވެސް ޓޮޓެންހަމްއިން ވަނީ މި ދެބިޑުވެސް ރިޖެކްޓް ކޮށްފައެވެ. 

ބަޔާންއިން ތިންވަނަ ފަހަރަށް ބިޑްކުރީ 100 މިލިއަން ޔޫރޯއަށް ކޭން ހޯދުމަށެވެ. މި ހުށަހެޅުމަށް ޓޮޓެންހަމްގެ ފަރާތުން މިހާތަނަށް ޖަވާބު ދީފައެއް ނުވެއެވެ. 

ޓޮޓެންހަމްއާއެކު ކޭން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން އެކްލަބަށް މިހާރު އޮތް ބިރަކީ މިއަންނަ ސީޒަނަށްފަހު ކްލަބަށް މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ގޮތަށް، ހިލޭ ޓްރާންސްފާއެއްގައި ކޭން އެހެން ކްލަބަކަށް ބަދަލުވުމެވެ. 

އުމުރުން 30 އަހަރުގެ ސްޓަރައިކަރު ޓޮޓެންހަމް އާއި ގުޅުނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ލޯނު އުސޫލުން ތަފާތު އެކި ކްލަބުތަކަށް ކުޅުނެވެ. ކޭން ވަނީ މިހާތަނަށް ޓޮޓެންހަމްއަށް 317 މެޗު ކުޅެދީ 213 ލަނޑު ޖަހައިދީފައެވެ. 

މީގެ އިތުރުން އިނިރޭސިވިލާތުގެ ގައުމީ ޓީމަށް އޭނާ ކުޅެދިން 84 މެޗުން 58 ލަނޑު ޖަހާފައިވެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް