ads
އެމްޑިއޭގެ ވުމެންސް ކައުންސިލްގެ ވައިސް ޕްރެޒިޓެންޓް ޝެހެނާޒު މޫސާ
މަގުމަތިން، ރޭޕް ކުރާނެ ކަމަށް އިންޒާރު ދީފައިވޭ: ޝެހެނާޒް މޫސާ
ފޮޓޯތަކާއި ވީޑިޔޯތައް ބޭނުން ކޮށްގެން މަގުމަތިން ރޭޕް ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެމްޑީއޭގެ ވުމެންސް ކައުންސިލްގެ ވައިސް ޕްރެޒިޓެންޓް ޝެހެނާޒު މޫސާ (ޝެހޭ) ވިދާޅުވެއްޖެއެވެ.
Advertisement

ޝެހޭ ސީއެންއެމް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ހަޔާތުގައި އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ މުޅި އާއިލާ ބިރުވެރި ހާލަތަކަށް ދިޔަ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ސިޔާސީ ހަރަކާތްތަކާއި ދުރަށް ދާން ޖެހުނު ކަމަށްވެސް ޝެހޭ ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ ހަރަކާތަށް ފުރަތަމަ ވެސް ނުކުމެވުމާއިއެކު އައި ކޮމެންޓްތަކަކީ، ފަސޭފަ ކޮމެންޓްތަކެއްނޫން ކަމަށްވެސް ޝެހޭ ބުންޏެވެ. އެ ކޮމެންޓްތަކުންވެސް ވިސްނީ ނެގެޓިވް ކޮމެންޓް ތަކާއިއެކު، ޕޮޒިޓިވް ކޮމެންޓްތަކާއި، ދިމާލުން ކުރިއަށް ދިއުން ކަމަށެވެ.

"މީހުންގެ ލޯމަތީގައި އެޅިފައި އޮންނަނީ ޕޮލިޓިކްސް އަކީ ވަރަށް ޑާޓީ އެއްޗެއްގެ ގޮތުގައި. ނަމަވެސް އެއީ ޑާޓީ އެއްޗެއްނޫން. މީހުންގެ ވިސްނުންބަދަލުވަނީ." ޝެހޭ ބުންޏެވެ.

ޝެހޭ ވިދާޅުވީ ޕޮލިޓިކްސް އަކީ ގައުމަށް ބޭނުންވާ އެއްޗެއް ކަމަށާއި، އެކަމަށް ބޭނުންވަނީ ޒުވާނުން ހޭލުންތެރިކަން އިތުރު ކުރުން ކަމަށެވެ. ނަމަވެސް އަންހެނަކަށް އެ ދާއިރާގައި އުޅެވޭނީ ވަރަށް ގިނަ މީހުންގެ އެހީތެރި ކަމާއިވެސް އެކުގަކަމަށްވެސް ޝެހޭ ވިދާޅުވިއެވެ. އަދި ހާއްސަކޮށް އަންހެނަކު ކަމުގައިވާނަމަ އެދާއިރާގައި އުޅުމުގައި ޕާޓްނަރުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

"ސިޔާސި ހަރަކާތްތަކުގައި އުޅޭ އިރު އަންހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ ފުރައްސާރަވެސް ކުޑައެއް ނޫން. ނަމަވެސް ކުރިއަށްދެވޭނީ އެންމެގެ އެއްބާރުލުން ވެސް ލިބިގެން،" -ޝެހޭ-

ޝެހޭގެ ފިރިމީހާގެ ހިތްވަރު ވަރަށް ބޮޑަށް މި ކަމުގައި ލިބޭ ކަމަށާއި، ކަންތައްތަކުގައި ކުރިއަށްދާންވާ ގޮތް ވަރަށް ބޮޑަށް ކިޔައިދޭ ކަމަށެވެ. ނަމަވެސް އާއިލާ އިން އެއްބާރުލުން ދިން ނަމަވެސް މުޖުތަމައުގެ އެއްބާރުލުން ނުލިބޭ ކަމަށް ޝެހޭ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

28%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް