އެކަމާ ގުޅޭގޮތުން ޕީއެސްއެމުން ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓީވީއެމް ބިލްޑިންގެ ބްރޯޑްކާސްޓިން އެކިއުޕްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓުރޯލް ކުރެވިފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށް ޕީއެސްއެމުން ބުނެއެވެ.
މި ހާދިސާއަށްފަހު ޕީއެސްއެމް ޗެނަލްތަކުގެ ބްރޯޑްކާސްޓިން މިހާރު ފަށާފައިވާއިރު، ހާދިސާ އާ ގުޅޭ އިތުރު ތަފުސީލެއް ޕީއެސްއެމްގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.