ads
ރައީސް ސޯލިހްގެ ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ ތެރެއިން
ދެ ވަނަ ދައުރަކަށް ވާދަކުރައްވަން ރައީސް ފޯމު ހުށަހަޅުއްވައިފި
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.

ރައީސްގެ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަށް ވަޑައިގަތީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އާއި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލިކުރައްވައިގެންނެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ. އަދި ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ނަން ތަރީތީބުކުރުން އަންނަ ބުދަދުވަހު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. 

މިހާތަނަށް އައިއިރު، ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. އެކަމަކު، އެމަނިކުފާނުގެ ކެންޑިޑެސީއާ މެދުގައި ސުވާލު އުފެދިފައިވާތީ އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް