ads
ރައީސް ސޯލިހު....
މޫސުން ގޯސްވުމުން ރައީސްގެ ދ. އަތޮޅު ދަތުރު ފަސްކޮށްފި
މޫސުން ގޯސްވުމުން ރައީސްގެ ދ. އަތޮޅު ދަތުރު ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ސީއެންއެމްއަށް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރު ފަސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގދ. އަދި ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާނެކަން އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ.

2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ވަނީ އުތުރުގެ ބައެއް އަތޮޅުތަކަށް ވަޑައިގެންފައެވެ. އެގޮތުން ރައީސް ވަނީ ހއ. އަށާއި، ށ، ވިޔަނީގެ އިތުން މ. އަތޮޅަށާއި، ފުވައްމުލަކަށްވެސް ވަޑިގެންފައެވެ.

ރައިސް ގެ ދަތުރުފުޅުގައި ރަށްރަށުގައި ނިންމާފައިވާ މަޝްރޫއުތައް ހުޅުވާދެއްވާފައެވެ. އަދި އަންނަ ދައުރަށް ހޮވިއްޖެ ކަމުގައިވާނަމަ ތަރައްގީއަށް ގިނަގުނަ ކަންތައްތައް ކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދު ވަޑައިގެންފައެވެ. 

ރައީސް ސޯލިހް މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު ވެސް ހުށަހަޅުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް