ޓުވިޓާ ބޭނުންކުރާ މީހުންގެ ގާނޫނީ ބިލް އެލަން މަސްކު ދައްކައިދެނީ
އައިޝަތު ނޫރާ
06 އޯގަސްޓް 2023 - 13:16:23
ޓުވިޓާގައި ހިޔާލު ފާޅުކުރުމިގެ ގޮތުން ކުރާ ޕޯސްޓުތަކާ، ގުޅިގެން އަޅާ ފިޔަވަޅުތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަމަށް އެލަން މަސްކު މިއަދު ބުނެފިއެވެ.
އެލަން މަސްކު މިއަދު ބުނެފައިވަނީ ޓުވިޓާގައި ހިޔާލު ފާޅުކުރާ މީހުންނަށް ގާނޫނީގޮތުން އެހީތެރިވުމަށް ހުޅުވާލާފައިވަނީ އަންލިމިޓެޑް ބަޖެޓެއް ކަމަށެވެ.
"މި ޕްލެޓްފޯމުގައި ޕޯސްޓުކުރާ އެއްޗަކުން ނޫނީ ލައިކް ކުރާ އެއްޗެއްގެ ސަބަބުން ނާއިސްސާފުން އަމަލުކޮށްފިނަމަ އަޅުގަނޑުމެންނަށް އަންގާލާ ދެއްވާ ތިބޭފުޅުންގެ ގާނޫނީ ބިލް އަޅުގަނޑުމެން ދައްކައިދޭނަން. މިއީ ހައްދެއް އޮތް ކަމެއް ނޫން. މިފަދަ ކަމެއް ހިނގާނަމަ އަޅުގަނޑުމެންނަށް އަނގާލަ ދެއްވާ،" އެލަން މަސްކު މިއަދު ބުންޏެވެ.
އެލަން މަސްކު ޓްވިޓާގެ ސީއީއޯއަކަށް ވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު، އެއީ އެ ކުންފުނި 44 ބިލިއަން ޑޮލަރަށް އޭނާ ގަތުމުންނެވެ.
މި އަހަރުގެ ޖޫން މަހު އެލަން މަސްކު ވަނީ ޓްވިޓާގެ ސީއީއޯގެ މަގާމުން ވަކިވާނެކަން އިއުލާންކޮށްފައެވެ. އޭނާ ބުނީ އެކަން ކުރަނީ 'ޓެސްލާ' އާއި 'ސްޕޭސް' އެކްސް ފަދަ އޭނާގެ އެހެން ވިޔަފާރިތަކަށް ފޯކަސް ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މަސްކް މަގާމުން ވަކިވާން މަޖުބޫރުވީ އޭނާއަށް ކުރިމަތިވަމުން ދިޔަ ގާނޫނީ ގޮންޖެހުންތަކުގެ ސަބަބުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް