ads
ރައީސް ވަހީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ކުރީގެ ރައީސް ވަހީދުގެ ތާއީދު މުއިއްޒުއަށް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އެ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ނިންމެވުމުން، ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހުސައިން މަނިކު އެކަމަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ.މުހައްމަދު މުއިއްޒުއެވެ. 

މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ލަތީފެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅައިފައެވެ.

ރައީސް ވަހީދު ވަނީ މުއިއްޒުއާއި މެމްބަރު ހުސެއިންއަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީއަށް ވެސް އެދިވަޑައިގަންނަވައިފައެވެ.

މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.

މިހެންވެދާނެ ކަމަށް ބަލައިގެން މިމަހުގެ 3 ވަނަ ދުވަހު މުއިއްޒު ޕީޕިއެމް އިން ޕީއެންސީއަށް ސޮއި ކުރެއްވުމާއި އެކީ ވަނީ ސެނެޓް ބައްދަލުވުމެއް ބާއްވައި ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވާފައެވެ.

އެ އިންތިހާބުގައި ވާދަ ކުރައްވާފައިވަނީ މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް