
ރަޖިނީކާންތުގެ ކުރިއަށް އޮތް ފިލްމަކީ "ޖެއިލާ" އެވެ. ފިލްމު ޕްރިމިއާ ކުރާނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. މި ފިލްމު ސިނަމާތަކަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.
އަމިއްލަ ބައެއް ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް އޮފީސްތަކުން ވެސް ވަނީ ބަންދުކުރަން އިއުލާންކޮށްފައެވެ.
މީގެ ކުރިން ވެސް އިންޑިއާގައި ބޮޑެތި ފިލްމުތައް ރިލީޒްކުރާ ދުވަސް ދުވަހު ސަރުކާރު ބަންދުކޮށްފައިވެއެވެ.
"ޖެއިލާ" އަކީ ދެ އަހަރަށް ފަހު ރަޖިނީކާންތުގެ ފުރަތަމަ ފިލްމެވެ.
އެންމެ ފަހުން އޭނާ ފެނިފައިވަނީ 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އަންނާތޭ" އިންނެވެ. ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސަން ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ އިތުރުން ނަޔަންތަރާ، ވިޖޭ ސެތޫޕަތީ، އަދި މީނާ ވެސް މުހިއްމު ރޯލުތަކަކުން ފިލްމުންފެންނާނެއެވެ.
މި ފިލްމަކީ ބޮޑު ބްލޮކްބަސްޓަރަކަށް ވާނެ ކަމަށް ބެލެވެއެވެ. ރަޖިނީކާންތަކީ އިންޑިއާގެ އެންމެ މަގުބޫލު އެއް އެކްޓަރެވެ.
ރަޖްނީކާންތުވަނީ މި ފިލްމުގެ މަސައްކަތްތައް ނިންމާލުމަށް ފަހު ރާއްޖެއަށް ޗުއްޓީއަށް އައިސްފައެވެ. އޭނާ ރާއްޖެއިން އެނބުރި ގޮސް އިންޑިއާ ނޫސްތަކަށް ބުނެފައިވަނީ އެނާގެ ދެވަނަ ގެއަކީ ރާއްޖެ ކަމަށެވެ.