ads
ރައީސް ޔާމީނާއި، އެމަނިކުފާނުގެ ވަކީލް ޑރ މުހައްމަދު ޖަމީލް އަޙްމަދު
ޔާމީންގެ މައްސަލަ ނިންމީ ފައިސާދީގެންތަ؟
ފައިސާ ދީގެން ކޯޓުން ހުކުމްތައް ކުރަނީ ހެއްޔެވެ؟ މިއީ މިއަދު ވަރަށް ގިނަ ރައްޔިތުން ކުރާ ސުވާލެކެވެ. ހަމަ ހަގީގަތުގައިވެސް މިކަން މިގޮތަށް ކުރާނަމަ މީ ވަރަށްވެސް ނުރައްކާތެރި ކަމެވެ.
Advertisement

ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކޯޓުތަކަކީ އެންމެހައި ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަށް އޮންނަ އެންމެ ފަހު މަރުހަލާ ކަމުގައި ވާތީ އެވެ. ހައްގު ގެއްލިފަިތިބޭ މީހުންނަށް ހައްގު ހޯދައިދިނުމެވެ. އަބުރު ގެއްލިފައިތިބި މީހުންގެ އަނބުރު ރައްކާތެރިކޮށްދިނުމެވެ. ނޫނީ އިންސާފުން ބޭރުން ކަންކަން ހިނގާނަމަ އެކަންކަމަށް އިންސާފު ހޯދައިދިނުމަށެވެ. 

ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުން ވެސް އޮންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ އަތްމަތީގައޭ މީހުން ކިޔައެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންހައި ގޮތަކަށް ގާނޫނު މޮޑިފައިކޮށް ހުކުމް ތައް ކުރުމުގައި ޖުޑިޝަރީއައް އަތްބާނާ މައްސަލައިގެ ވާހަކަ އަބަދުވެސް އިވެމުންދެ އެވެ. 

ކުރު ހުލާސާ އަކަށް ކުރީގެ ރައީސް ޔާމީނުގެ ޝަރީއަތަށް އަލިއަޅުވާލާނަމެވެ. މަނީލޯންޑަރިންގެ މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މި ހުކުމާހެދި އެމަނިކުފާނަށް މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގައި ގާނޫނީ ގޮތުން ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. 

ރައީސް ޔާމީން ނިންމެވީ އެންމެ މަތީ މަރުހަލާގެ ކޯޓަށް ގޮސްގެންވެސް މި ހުކުމު ދަމަހައްޓާފައި ނަމަވެސް އެމަނިކުފާނަށް ލިބިދޭ އަސާސީ ހައްގުގެ ބޭނުން ހިފުމުގައި ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާށެވެ. އިންތިހާބުގައި ވާދަކުރެއްވުމަށް ހުށައެޅި ފޯމު އިލެކްޝަން ކޮމިޝަނުން ބަލައިނުގަތުމުން ކޯޓަށް ވަޑައިގަތީ އެވެ. އިންސާފު ހޯދުމަށް އެދިއެވެ. 

ކޮންމެވެސް ވަރަކަށް ޔާމީނުގެ އިންިހާބީ މައްސަލަ އިލެކްޝަން ކޮމިޝަނުން ނިންމި ގޮތް މި ރިޕޯޓުގައި ހިމަނާލާނަމެވެ. ކުށުގެ ރެކޯޑު ފޯމު ފުރުއްވުމަށް ފަހު އެންމެ ފުރަތަމަ ފޯމު ހުށައެޅުއްވީ އެމަނިކުފާނެވެ. އިންތިހާބުގައި ވާދަކުރުމުގެ ހިތްގަނޑު ބޮޑުވެގެންނޭވެސް ބުނެވިދާނެއެވެ. 

އިލެކްޝަން ކޮމިޝަނުން ޔާމީނުގެ ކެންޑިޑެންސީ ބަލައި ނުގަތީ އެންމެ ކަމެއް ގޯސްކޮށް އޮވެގެންނެވެ. ހަމަ އެކަނި ގާނޫނުގައި ބުނާ ކޯޓު ހުކުމެއް ކޮށްފައި ހުރި މީހަކަށްވާތީ އެކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ސްޕްރީމް ކޯޓުގައި ކަން ހިނގީކީ މިހެނެއް ނޫންކަން ކޯޓުގެ ޝަރީއަތް އަޑުއަހަން ތިބި މީހުންނަށް އެބަ އެނގެއެވެ.

ކޯޓުގައި ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކޯޓުން ބޭރުގައި ސަޕޯޓަރުން އަޑުހަރުކޮށް މުޒާހަރާކޮށް އަޑު އުފުލަމުން ދިޔަ އެވެ. އެންމެ ރައްޔިތެއްނޫނެވެ. އިދިކޮޅު ކޯލިޝަނުގެ ބޮޑު ފައުޖެވެ. 

ސްޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވި ދުވަހު އެންމެ ފާހަގަކޮށްލެވުނު ހިސާބަކީ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ޔާމީންގެ ވަކީލަށް ރައްދު ދެއްވި ގޮތުގެ ވާހަކަ ތަކެވެ. ފަނޑިޔާރު ވިދާޅުވަނީ ރައީސް ޔާމީނު އެދިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނު ގެ މައްސަލަ ނިންމައިދީފިނަމަ ދެން ވާނީ ކިހިނެއްތޯ އެވެ. ޖަވާބުގައި ވަކީލް ވިދާޅުވަނީ އެހެން ވެއްޖެނަމަ އިންތިހާބުގައި ވާދަކުރެއްވިދާނެ ވާހަކަ އެވެ. ދެން ފަނޑިޔާރުގެ ދެވަނަ ސުވާލު އުފެއްދެވި އެވެ. ސުވާލު ކުރެއްވީ ޔާމީން ޖަލުގައި ބަންދުކުރެއްވުމަށްފަހު އެމަނިކުފާނަށް ކުރިމަތި ލެއްވޭ ގޮތް ހައްދަވައިދެއްވައިފިނަމަ ވާނީ ކިހިނެއްތޯ އެވެ. އަދި ކެމްޕޭނަކާއި ނުލައި އިންތިހާބުގައި ވާދަ ކުރައްވނީ ތޯ އެވެ. 

މި މޭރުމުން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވާހަކަފުޅު ދެއްވެމުން އެ ވީޑިއޯތައް ނަންގަވައި ގިނަ ބަޔަކު ދަނީ މީސްމީޑިޔާގަިއވެސް ހިއްސާ ކުރައްވަމުންނެވެ. ފާހަގަ ވެގެން ދަނީ ޝަރީއަތަކަށްވުރެ ބޮޑަށް ޔާމީންގެ މައްސަލަ އާއި ގުޅިގެން ވަކީލުންނާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށްދަނީ ހެންނެވެ. 

ފަންޑިޔާރު ހުސްނުއްސުއޫދު ނެންގެވީ އަދި ތަފާތު މައްސަލަ އެކެވެ. މައްސަލަ އެއް އަމިއްލަފުޅަށް ފެންމަތި ކުރައްވައި އެންމެ ފަހު މަރުހަލާގެ ކޯޓުން ނިޔާ ކަނޑައެޅީއެވެ. ޔާމީން ހުށައެޅުއްވީ އިންތިހާބުގައި ވާދަ ނުކުރެވޭތީ އެ މައްސަލައެވެ. އިލެކްޝަނުން ފާހަގަ ކުރީ ހަމަ އެކަނި ޖަލު ހުކުމްގެ ވާހަކައެވެ. ނަމަވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޔާމީންގެ ސާބިތު ދަރަނީގެ މައްސަލައިގެން ވާހަކަ އެއީ އެންމެ ބޮޑު މައްސަލއިގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. 

ދަންނަވަން މި އުޅެނީ ކޯޓަކުން ހުކުމެއް ކަނޑައަޅާއިރު އެއީ ޔަހޫދީއަކަށްވިޔަސް އަދި ނަސޯރާއަކަށް ވިޔަސް މިނިވަން އިންސާފުވެރި ޝަރީއަތެއް ހިންގަންޖެހޭނެ ކަމުގެ ވާހަކަ އެވެ. އިންސާފުން ބޭރުން ކޯޓުންނާއި، ރައީސް އަކަށް ހުންނެވި ބޭފުޅެއްގެ ނުފޫޒުން ކޯޓުން ނިޔާ ކަނޑައެޅުން ހުއްޓުވަން އެބަ ޖެހެއެވެ. 

މީކީ އަޅުގަނޑުގެ އަމިއްލަ ހިޔާލަށް ލިޔެ ދައްކާ ވާހަކަ އެއް ނޫނެވެ. ވަރަށް ގިނަ ބަޔަކު އެކިއެކި ޕްލެޓްފޯމު ތަކުގަޔާއި ޕޯޑިއަމް ތަކުގައި ނޫނީ ހޮޅުއަށި ތަކުގައި ދައްކާ ވާހަކަ އެވެ. ކުށެއް ކޮށފައިވާނަމަ އެ ކުށެއްގެ އަދަބު އެމީހަކަށް ލިބެންޖެހެ އެވެ. ރިޕޯރޓް ނިންމާލުމުގެ ކުރިން ޔާމީންގެ ޝަރީއަތާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ދައްކާ އެއް ވާހަކަ އަދި ހިއްސާކޮށްލާ ހިތް ވެ އެވެ. މުސްކުޅިން ބުނާ ހަރުބަހެއްގައި އޮވެ އެވެ. އެމީހަކު ކަން ކުރި ގޮތުން ދައްކަވަން ހުރި ތަނެއް ދައްކާވައި ނޫނީ ނުގެންދާނެ އެވެ.

53%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް