މިކަން މިއަދު އިއުލާނުކުރެއްވީ އީސީގެ ނައިބުރައީސް އިސްލާއިލް ހަބީބްއެވެ.
އީސީން މިއަދު ފޯމު ބަލައިގަތީ، އ. މާވެޔޮވިލާ އަލްފާޟިލް ޙަސަން ޒަމީލް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންގެއެވެ.
ފާރިސް މައުމޫން އަމިއްލަގޮތުން ކުރިމަތި ލައްވަނީ، ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެގެން، އީސީން އެ ޕާޓީ އުވާލުމަށް ނިންމާފައިވާތީ ގާނޫނީގޮތުން މައްސަލައެއް ދިމާވެދާނެތީއެވެ،
އަމިއްލަގޮތުން ކުރިމަތިލެއްވި ބޭފުޅުން ވަނީ 1500 ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާފައެވެ.
އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން:
1. އިބްރާހިމް މުހައްމަދު ސޯލިހު / އެމްޑީޕީ
2. ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ
3. ގާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ
4. މުހައްމަދު ނާޒިމް / އެމްއެންޕީ
5. އިލްޔާސް ލަބީބް / ޑިމޮކްރެޓްސް
މިނިވަން ކެންޑިޑޭޓުން:
1. އަހުމަދު ފާރިސް މައުމޫން
2. އުމަދު ނަސީރު
3. ހަސަން ޒަމީލް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން، މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އޮންނާނެއެވެ. މިފަހަރު ޖުމްލަ 604 ވޯޓު ފޮއްޓެއް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ދަރުބާރުގޭގައި އޮންނާނެއެވެ.
މިބައްދަލުވުން ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ހަވީރު 4:00 އިން 5:30 އަށެވެ.