ads
އައްޑޫ ސިޓީގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަނީ - ފޮޓޯ:އެމްޓީސީސީ
އައްޑޫ ސިޓީގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަނީ
އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް އައްޑޫ ސިޓީގައި ފެށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ އައްޑޫ ސިޓީގައި ފެރީގެ ހިދުމަތް ފެށުމުގެ ގޮތުން އެ ސިޓީގެ މުއައްސަސާތަކާއި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެ ސިޓީގެ އެކި ރަށްތަކުގެ ކައުންސިލްތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައްދަލުކޮށް، ހޭލުންތެރިކުރުވުމަށް ސެޝަންތައް އެމްޓީސީސީން އަންނަނީ ބާއްވަމުންނެވެ.

އެމްޓީސީސީން ބުނެފައިވަނީ އައްޑޫ ސިޓީ ގަމާއި ހުޅުމީދޫ އާއި ފޭދޫ އަދި ހިތަދޫގައި އާންމުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ބާއްވާފައިވާ ކަމަށެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ ދެވަނަ ފިޔަވަހީގަައި ހިމެނޭ ޅ. އަތޮޅާއި ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައެވެ.

ޅ. އަތޮޅާއި ހުވަދު އަތޮޅުގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނ، ރ، ބ، ޏ އަދި ސ އަތޮޅުގަައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވަނީ ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފެށިފަހުން އަހަރެއްވެފައިވާއިރު، 260،000 އަށްވުރެ ގިނަ މީހުން ވަނީ ހިދުމަތް ހޯދާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފެށުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް