ads
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން - ފޮޓޯ: އަވަސް
ކެންޑިޑަސީ ތަރުތީބު ކުރުމުން ލިބޭ ނަންބަރަކީ ވެސް ޒާތެއްގެ އެއްޗެއް!
ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުން ބޭފުޅުންނަށް މިއަދު ހަވީރުގެ 4:30 ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ
Advertisement

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކެންޑިޑޭޓުންނަކީ:

  • އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  • އެމްއެންޕީގެ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  • ޕީއެންސީގެ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
  • ޖޭޕީގެ ކެންޑިޑޭޓު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
  • ޑިމޮކްރެޓްސްގެ ކެންޑިޑޭޓު، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
  • އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
  • އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު، ޑިފެންސްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިއަދު ހަވީރު 4:30ގައި ދަރުބާރުގޭގައި އޮންނާނެ އެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުގެ ހަފްލާއަށް ކެންޑިޑޭޓް ނުވަތަ އޭނާގެ އިންތިހާބީ އެޖެންޓް ހާޒިރުވާނެ ކަމަށް ބެލެވޭއިރު ގުރު ނެގުމަކީ ޒާތެއްގެ ކަމެކެވެ.

ދުނިޔޭ ބާއްވާ ވާދަވެރި މުބާރާތްތަކާއި އިންތިހާބު ތަކުގައި ގުރުނެގުމުގެ ރަސްމިއްޔާތުތަކަކީ ގިނަބަޔަކު ބަލާ އިވެޓްތަކެވެ. ބޭނުމަކީ ވާދަވެރިކަން އޮތް ކަމެއްގައި ވާދަވެރިން ލައްވާލާ ގްރޫޕްތަކާއި ވާދަވެރިން އެކަކު އަނެކަކު ރޭހުގައި ބައިވެރިވުމަށް އިސްކަންދޭ ތަރުތީބު ހޯދުމެވެ. ކެންޑިޑޭޓެއްނަމަ އޭނާގެ ކެންޑިޑެސީ ނަންބަރު ގައި ވެސް ކުރި ހޯދުމެވެ. ޓީމެއް ނަމަ އެމީހުން ވާދަކުރާ ގްރޫޕްގައި ދެން ތިބޭނެ ބަޔަކު ކަށަވަރުކުރުމެވެ. ބައެއް ފަހަރު ލައްވާލާ ގްރޫޕަކުން މުބާރާތުގެ ކުރި ނުލިބި ކެޑުމުގެ ފުރުސަތުވެސް އޮވެ އެވެ.

ކޮންމެއަކަސް މިއަދު ހަވީރު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެ ނިމޭނެއެވެ. 8 ބޭފުޅަކު ވާދަ ކުރައްވާ މި އިންތިހާބުގައި ކޮންމެ ބޭފުޅަކުވެސް ބަލާނީ "ނަންބަރު 1" ލިބޭތޯ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ބޭނުމަކީ އިންތިހާބުގެ ކެމްޕޭނަށް ނިކުންނަވާ "އެއް ނަންބަރު ކެންޑިޑޭޓް" ވިއްކުމަށެވެ. ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރި ރޭހުންވެސް އޭނާ އަށް އެކެއް ލިބި މޮޅުކަން ދެއްކުމެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓްއަށް ލިބޭ ނަންބަރަކުން ލިބޭ ފައިދާއާއި ގެއްލުން ވެސް އޮވެދާނެކަމަށް ޤަބޫލުކުރެވެއެވެ.

މިސާލަކަށް ކެންޑިޑޭޓް ނަންބަރު 4 ލިބޭ ބޭފުޅަކު އޭނާގެ ޕޯސްޓަރުގައި އާއްމުކޮށް ލިޔެފައި ހުންނަނީ "ވޯޓް4/ފޯރ......(ކެންޑިޑޭޓްނަން)" އެވެ. އެހާލަތުގައި އެ ކެންޑިޑޭޓެއްގެ ނަންބަރު ވިއްކުނީ އެވެ. މިސާލު: Vote4Trump

ބައެއް ފަހަރު ކެންޑިޑޭޓް ނަންބަރު 2 މުހިއްމު ރޯލެއް އަދާކުރެއެވެ. މިސާލު: "ވޯޓް2/ޓޫ......(ކެންޑިޑޭޓްނަން)"Vote2Trump / VoteTOTrump

ދެންއޮތީ ވާދަކުރާ މީހުންގެ ތެރެއިން ފަހަތު ނަންބަރެއް ކެންޑިޑޭޓަކަށް ލިބުމެވެ. މިސާލަކަށް ވާދަކުރައްވާ ބޭފުޅަކަށް ގުރުއަތުން 7 ނަންބަރު ނުވަތަ 8 ނަންބަރު ލިބުމެވެ. މިހާލަތުގައި ވާދަވެރިން ރަށުތެރޭ ގޮވާނީ އެއީ އޭނާއަށް އިންތިހާބުގައި ވާދަކޮށް ދެވޭނެ ހިސާބެވެ. ކެންޑިޑޭޓަށް ވޯޓުގުނާ ނަތީޖާ އިއުލާނު ކުރާއިރު ފުލައްދާނެ ވާހަކަ އެވެ.

މި ހާލަތުގައި ވާދަވެރިންގެ ކިބައިން ސަލާމަތް ވުމަށް ކެންޑިޑެސީ ތަރުތީބު ކުރާއިރު ކުރީ އަދަދަކަށް ކެންޑިޑޭޓް އެދެއެވެ. ނަމަވެސް ގުރު ނަނގާ ނަން ތަރުތީބު ކުރާތީ މިކަމުގައި އޮތީ އެމީހެއްގެ އަމިއްލަ ނަސީބެވެ. މިއަދު ހަވީރު އިލެކްޝަނުންބާއްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުގެ ހަފްލާއަށް ކެންޑިޑޭޓްނާއި އެމީހުންގެ ސަޕޯރޓަރުން ލިބީ ލިބޭނެ ނަބަރެއްގެ އިންތިޒާރުގައި ވަގުތު ގުނަގުނަ އެވެ.

ލަކީ ނަބްރުކަމަށް ބެލެވޭ 7 ނަންބަރު ލިބި ނަސީބު އަތުގައި ނުހިފުމުން އިންތިހާބުތަކުން ބަލިވެފައިވާއިރު ނިމުނު 2018 ވަނަ ރިޔާސީ އިންތިހާބުގައި 1 ނަންބަރު ކެންޑިޑޭޓް ގޮތުގައި ވިއްކި ކެންޑިޑޭޓު ވެސް އިންތިހާބުން ބަލިވީ ވޯޓު ލާން ދިޔަ މީހުންގެ ކުރިމަތީގައި "އެއް ވަނަ މީހާއަށް ނުވަތަ އެއް ނަންބަރު ކެންޑިޑޭޓަށް" ނުވެވި އެވެ. 

އެހެންކަމުން، ހުލާސާއަކީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބަށް ބަލާ ނަންބަރުން ކުރި ލިބޭ މީހާއަށް އިންތިހާބުން ކުރި ނުލިބިދާނެ އެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބަށް ބަލާ ފުލުން ލިބޭ ނަންބަރުން އެމީހަކު އިންތިހާބުން ފުލަށް ނުގޮސް ސަލާމަތް ވެސް ވެދާނެ އެވެ.

20%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް