ads
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން/ފޮޓޯ: ހަބަރު އޮންލައިން
ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ފުރުސަތު ހުޅުވާލައިފި
ރިޔާސީ އިންތިހާބުގައި ވާދަކުރައްބާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު ގެ 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިހާބުގައި ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓް ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަންކުރުމުގެ ފުރުސަތު، ލިބިދެއެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަސް ކަމަށެވެ.

މަންދޫބުންގެ ޝަރުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއި ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރާ މީހަކަށް ނުވުމާއި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުމާއި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުމާއި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުން ވެސް ހިމެނެއެވެ. މީގެ އިތުރުން އިންތިހާބީ ކުށެއް ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފާރިސް މައުމޫންގެ އިތުރުން ހަސަން ޒަމީލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް