ads
އިމްތިޔާޒް ފަހުމީ: ފޮޓޯ ސީއެންއެމް
އިލްޔާސް ލަބީބްގެ ތަރުޖަމާނަކަށް އިންތި ހަމަޖައްސައިފި
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ތަރުޖަމާނަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ޑިމޮކްރެޓްސްގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިހާރު ވަނީ އަތޮޅު ތެރޭގައި ފަށާފައެވެ. 

އިލްޔާސް ލަބީބްގެ ރަނިންމޭޓް އަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. 

އިންތިހާބާއި ދިމާކޮށް ނަޝީދު ފުރަތަމަ މަސައްކަތް ކުރެއްވީ ހުރިހާ ޕާޓީތަކެއް އެކުވެގެން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އެހެންނަމަވެސް އެއްވެސް ބައްދަލުވުމެއްގައި ޕާޓީއަކުން އެގޮތަށް ބޭނުންނުވުމުން ހުރިހާ ޕާޓީތަކުން ވަނީ އިންތިހާބުގައި ވާދަކޮށްފައެވެ. 

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ ވަނީ ޑިމޮކްރެޓްސް އިން އެމްޑީޕީއާއި ގުޅެން ބޭނުންނަމަ އެފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. 

މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ހުރިހާ ޕާޓީއާކާއި ގުޅޭ ޕާޓީއެއް ކަމަށެވެ. ޑިމޮކްރެޓްސް އާއި އެހެން ޕާޓީތަކަށް ވެސް އެމްޑީޕީއާއި ގުޅުމުގެ ފުރުސަތު އޮންނާނެކަމަށް މާރީޔާ ވިދާޅުވިއެވެ. 

އެމްޑީޕީ އަކީ އެންމެންނާއި ގުޅިގެން ކުރިއަށް ދާން ބޭނުންވާ ޕާޓީ އެއްކަމަށް ވީދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެއްވެސް ޕާޓީއެއް ދުރުނުކުރައްވާނެކަމާއި އަދި އެއްވެސް ޕާޓީއަކާ ދެމެދު ނުރުހުންފާޅު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެކަމަަށް ތައްޔާރުވެގެން ތިބީ އެމްޑީޕީއިން އެކަނި ކަމަށް މާރިޔާ ވިދާޅުވިއެވެ. އިންތިހާބަށް ކެމްޕޭނުކުރައްވަން ނިކުމެވަޑައިގަތީ މެނިފެސްޓޯ އަކާއިއެކު ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީއިން ފަސް ވައުދެއް ހާމަކޮށްފަ ވާނެ ކަމަށާއި އެއީ އުފާވެރި ދިރިއުޅުމެއް، އާ ޒުވާނުނަގެ ޖީލެއް، އާމާން މުޖުތަމައުއެއް، އިގްތިސާދީ ބޮޑު ބަދަލާއި އަދި ހެޔޮ ވެރިކަމެއް ކަން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް