ads
މުއިއްޒު ހަނިމާދޫގައި: ފޮޓޯ ޕީޕީއެމް
މިސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނަން: މުއިއްޒު
މިސަރުކާރުން އަތޮޅު ތެރޭގައި ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހދ.ހަނިމާދުއަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ސަޕޯޓަރުންނާއިއެކު ބޭއްވެވި ޖަގަހަ ބައްދަލުވުމެއްގައެވެ.

މުއިއްޒު ވިދާޅުވީ އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން މިނިވަން ކުރަން ކަމަށެވެ. މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ކާމިޔާބަކާއި ހަމައަށް ނުދެވުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް ޔާމީން މިނިވަން ކުރުމުގައި ބައިވެރިވެ ވަޑައިގަންނަވަން މުއިއްޒު އެދިވަޑައިގެންނެވިއެވެ.

އެއާޕޯޓްގެ މަޝްރޫއު އަކީ ރަށަށް ފައިދާވާ ގޮތަށް ކުރިއަށްދާނަމަ ވަރަށް ފައިދާ ވާނެ މަޝްރޫއެއް. މިރަށުން ލިބެން ހުންނަ ތަކެތި މިރަށުން ހޯދައިގެން އެމަސައްކަތް ކުރިއަށް ގެންގޮސް އަދި ވަޒީފާ ދެވޭ ފަރާތްތަކަކީ ވަކި އިންސައްތައެއް ނަމަވެސް މިރަށުގެ މީހުންނަށް ހެދިއްޖެނަމަ މިރަށަށް ފައިދާ ވާނެ. މިހާރަށްވުރެ މާރަނގަޅަށް ރަށަށް ފައިދާވާނެ ގޮތަށް ކަންކަން ކުރެވޭނެ -މުއިއްޒު-

ހިނގަމުންދާ ތަރައްގީގެ އެއްވެސް ކަމެއް ނުހުއްޓުވާނެ ކަމުގެ ޔަގީން ކަމާއިއެކު މުއިއްޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ރަށަށް ވަރަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށެވެ.

މުއިއްޒު ބޮޑުތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގެންނެވީ ހަނިމާދުއަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް