އެރިން ހަނީކަޓްގެ ނަމުން ނަން ދެވިފައިވާ މި މީހާ ވަނީ 30 ސެންޓިމީޓަރަށް ތުނބުޅި ދިގުކޮށްފައެވެ. އެއީ ކުރިން ރެކޯޑުއޮތް މީހާއަށް ވުރެ ފަސް ސެންޓި މީޓަރު ދިގު އަދަދެކެވެ.
ހޯރމޯން އިމްބެލެންސްވާ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް، އޭނާއަށް ވަނީ ޖެހިފައެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެކި ސަރަހައްދުތަކުގައި އިސްތަށި ދިގުވާލެއް އަވަސްވެއެވެ. އޭގެ ސަބަބުން އެނާ އައީ ދުވާލަކު ތިން ފަހަރު ޝޭވް ކުރަމުންނެވެ. ނަމަވެސް އޭނާ ޝޭވް ކުރުން ހުއްޓާލީ މީގެ ދެ އަހަރު ކުރިން ކޮވިޑް ތެރޭގައެވެ.
ކަނީކަޓް ބުނީ އޭނާ ކުރިން އެހާ ލަދުގަންނަކަމަކުން ދުނިޔޭގެ ރެކޯޑުފަށް އެރުމަކީ އަޖައިބެއްކަހަލަ ކަމެއް ކަމަށެވެ.
ގިނިސް ވޯލްޑް ރެކޯޑުން އޭނާގެ ރެކޯޑު ގަބޫލުކުރީ ހޮނިހިރު ދުވަހުއެވެ.