ads
އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޑް ހަސަން ޒަމީލް އާއި، އެބޭފުޅާގެ އަނބިކަބަލުން، އަދި ރަނިންމޭޓް މަރިޔަމް އަލީމް
"ރައީސްކަމަށް ކުރިމަތިލީ އުމުރުދުވަހު އެއްކުރި ފައިސާއިން"
އުމުރު ދުވަހު އެއްކުރި ފައިސާއިން ރައިސް ކަމަށް ކުރިމަތިލީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޑް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.
Advertisement

"ސީއެންއެމްގެ ރިޔާސީ ރޭސް 2023" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވަޒީފާގައި އުޅެމުން ފައިސާ އެއްކުރި ކަމަށާއި، އެކަށީގެންވާ ވަރަށް ފައިސާ ރައްކާކުރެވުމުން ބޭނުންވީ އެފައިސާއިން ރައްޔިތުންނަށް ހަނދިޔާއެއްގެ ގޮތުގައި ހޭދަ ކުރަން ކަމަށެވެ.

"މިކަމުގައި އަޅުގަނޑު ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވެފަ ހުރިވަރުން، މި ހުރިހާ ދަތިތަކާއެކުވެސް ކުރިމަތިލަނީ. އަޅުގަނޑު މި ދިގު ކުރަނީ އަތް، ރައްޔިތުން ހިއްޕަވާށޭ. ހިއްޕަވައިފި ކަމަށް ވަންޏާ އެއީ ތިބޭ ފުޅުން އަމިއްލައަށް ހޯދާ އެހީތެރިކަމެކޭ. މި ހަނދިޔާ ކުރަނީ ރައްޔިތުންނަށް" -ޒަމީލް-

އިލެންޝަންގެ ގަވައިދު  ބުނާގޮތުން ވެރިކަމަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކުވެސް އިލެކްޝަނަށް ލާ ފޯމާއި އެކު އެއްލައްކަ ރުފިޔާ ހުށައަޅަން ޖެހެއެވެ. ޒަމީލް ފާހަގަ މި ކުރައްވަނީ އެ ފައިސާގެ ވާހަކައެވެ. އެފައިސާ އަކީ ރައްޔިތުންނަށްޓަކާއި ހޭދަ ކުރެއްވި ފައިސާ އެއްގެ ގޮތުގައެވެ.

ޒަމީލް ވިދާޅުވީ ވެރިކަން ރައްޔިތުން ދެއްވައިފި ކަމުގައިވާނަމަ ރައްޔިތުންނަށް މާ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށާއި، އެބޭފުޅާ ވެސް، ފައިސާ ހޭދަ ކުރެއްވީ ރައްޔިތުންނަށްޓަކާ ކަމަށްވާތީ ރައްޔިތުން ވެސް އެބޭފުޅާ އަށް ވޯޓް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒަމީލް ވިދާޅުވީ މި ފާއިތުވެދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ ޕާޓީ ވެރިކަންތައް ކަމަށާއި، ނަމަވެސް ސިޔާސީ މަޝްރަހު އޮންނަ ގޮތުން އެއްވެސް ޕާޓީއަކަށް އެކަނި ވެރިކަމެއް ނުކުރެވޭ ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮބަދަލެއް ނުގެނެވެނީ ކޯލިޝަން ވެރިކަމެއްގެ ގޮތުގައި ވެރިން ހޮވާތީ ކަމަށްވެސް ގަބޫލު ކުރައްވާ ކަމަށް ޒަމީލް ވިދާޅުވިއެވެ.

އެގޮތުން ފެނިގެންދަނީ ކޯލިޝަން ރޫޅޭތަން ކަމަށާއި އޭގެ ސަބަބުން ކުރައްވަން ވައުދުވާ ކަންތައްތައް ވެސް ނުކުރެވޭ ކަމަށެވެ. އެއީ ޕާޓީ ތަކުގައި ތިއްބަވާ ކޮންމެވެސް ބައެއްގެ ފިއްތުންތައްކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށްވެސް ޒަމީލް ފާހަގަ ކުރެއްވިއެވެ.

އިތުރަށް ޒަމީލް ވިދާޅުވީ އެބޭފުޅާ މީގެ ކުރިން ސިޔާސީ މަގާމެއްގައި ހުރި ކަމުގައިވީ ނަމަވެސް ގިނަބަޔަކަށް އެބޭފުޅާ އަކީ ކާކުކަން ނޭނގޭ ކަމަށާއި، ނަމަވެސް ވެރިކަން ކުރުމުގެ ތަޖުތިބާ އެބަހުރުރި ކަމަށެވެ. އެގޮތުން ވަރަށްގިނަ ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ކަމަށާއި، ރިޒޯޓްތަކުގައި ކަންތައްހިނގާ ގޮތް ވެސް ވަރަށް ރަނގަޅަށް އެގޭ ކަމަށް ވިދާޅުވަމުން ފާހަގަ ކުރެއްވީ ތަޖުރިބާގެ އަލީގައި ވެރިކަން ކުރެވޭނެ ކަމަށެވެ.

އެންމެފަހުން ޒަމީލް މަސައްކަތް ކުރެއްވީ މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު ކަމުަގެ މަގާމުގައެވެ. 

ޒަމީލް ވިދާޅުވީ ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އިރުވެސް ބޮޑަށް މަސައްކަތް ކުރެއްވީ މިނިސްޓްރީ ހިންގުމުގެ ދާއިރާގައި ކަމަށެވެ.

71%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް