ads
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު -
ވޯޓްލާ މަރުކަޒު ތަކުގައި ހަރަކާތް ތެރި ވާނެ އިތުރު އޮފިޝަލުން ހޯދަން އިއުލާން ކޮށްފި
ރިޔާސީ އިންތިހާބު 2023 ގައި ވޯޓްލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާނެ އިތުރު އޮފިޝަލުން ހޯދަން އިއުލާން ކޮށްފިއެވެ.

"ސިއެންއެމް"އަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބުގެ ކަންކަމަށް ބޭނުންވާ އޮފިޝަލުން މިހާރު ދަނީ ހަމަވަމުން ކަމަށާއި، 300 އެއްހާ އޮފިޝަލުން އިތުރަށް ލިބުމުން އަދަދު އެއްކޮށް ހަމަވެގެންދާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުންދަނީ ރިޒާވް އޮފިޝަލުންގެ ގޮތުގައި ނަގަން ނިންމާފައިވާ އަދަދު ހަމަކުރަން ކަމަށެވެ.

"އޮފިޝަލުންގެ ގޮތުގައި ނަގާ އަދަދަކީ 5500 މިއަދަދު ހަމަނުވެއްޖެނަމަ ދަތިތަކާއި ކުރިމަތިލާންޖެހޭނެ. ބަރާބަރަށް ހަމަޔަށް ތައްޔާރުވުމަކީ ކޮންމެހެން ބޭނުންވާ ކަމެއް."އިސްމާއިލް ހަބީބު

އަދި ރިޒޯޓްތަކަށްވެސް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބޭ ކަމަށް ވެސް ހަބީބި ވިދާޅުވިއެވެ. 

ވޯޓްލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ އިތުރުން ކޮމިޝަނަށް ހާޒިރުވެގެން ވެގެންވެސް އެކަމަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަންނާނެ ކަމަށެވެ.

އަދި އޮފިޝަލެއްގެ ޝަރުތު ތަކުގެ ތެރޭގައި، އުމުރުން 18 އަހަރުވެފައިވާ މީހެއް ކަމަށްވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގައި މަސައްކަތް ކުރާ ފަރާތެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތި ލައްވަނީ ޖުމްލަ އަށް 8 ކެންޑިޑޭޓެކެވެ.

އެެއީ ޕާޓީ ތަކުން ކުރިމަތި ލައްވާ ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލައްވާ 3 ކެންޑިޑޭޓެކެވެ. ވޯޓް ލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވައެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް