ads
އައިޝަތު ނަދުހާ ނަސީރު....
ހިތުގެ އޮޕަރޭޝަނެއް ނުކުރެވި ކުޑަ ކުއްޖަކު ވޭނުގައި!
ލ. އިސްދޫ ނެދުންގޭ އާމިނަތު ފަޒީލާ ބުނީ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާއި ބޭނުންވަނީ ތި އެންމެންގެ އެހީތެރިކަމާއި ދީލަތި އަތެއް ކަމަށެވެ. ހިތުގެ އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދާންޖެހިފައިވާތާ ހަ މަސް ވެއްޖެ ކަމަށާއި، ނަމަވެސް އަދިވެސް މާލީ ހާލަތު ހުރިގޮތުން ދެވޭ ގޮތް ވެފައި ނުވާކަމަށެވެ.

އެކުއްޖާ އަށް ވޭން އަޅައެވެ. ކެތް ނުކުރެވޭ ހާލުގައި ކުއްޖާ އުޅޭތާ މިހާރު ވަނީ އެތަކެއް ދުވަހެއް ފާއިތުވެފައެވެ. ނަމަވެސް ހާލަތު ތަންދޭގޮތުން ގައުމުން ބޭރަށް ދެވޭނެހާ ތަންވަނަވަސް ކަމެއް އެއާއިލާގައި ނެތެވެ.

ރާއްޖޭގައި މިކަހަލަ އެތައް އާއިލާއެއް އެބަތިއްބެވެ. އޭގެ ތެރޭގައި މި އާއިލާ އަކީވެސް އޭގެ އެއް އާއިލާއެވެ. ފަޒިލާ ބޭނުން ވަނީ ފައިސާ ލިބުނުހާ އަވަހަކަށް ކުއްޖާ ގޮވައިގެން ރާއްޖެއިން ބޭރަށް ދާށެވެ.

ފަޒީލާ ބުނީ އޭނާގެ އެންމެ ހަގުދަރިފުޅު އައިޝަތު ނަދުހާ ނަސީރު އެންމެ ކުޑައިރު ވެސް ހިތުގެ މައްސަލައެއް ހުރެގެން އޮޕަރޭޝަނެއް ކުރި ކަމަށާއި، ނަމަވެސް އޭގެފަހުން ކުއްޖާ އަށް އެކަމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

"ނޭނގޭނެތާދޯ ބޭރުފުށުން ކަމެއް ނުވާތީ. އަސްލު ނޭނގުނީ. އެކަމަކު ޑޮކްޓަރަށް ދައްކާލީމަ އެނގުނީ ކުއްޖާ އަށް ކުރިން ވެސް ފެނުނު އަލާމާތަތަކަކީ އެއި މި ބަލިކަން. ބައެއް ފަހަރު ކުއްޖާ އަށް ގޮވާލާ ގޮތަކުން ސިހިގެންވެސްދޭ. ބޯ އަބުރާތީވެސްއުޅޭ. އަތަށްތަދުވާތީ ވެސް އުޅޭ." ފަޒީލާ ބުންޏެވެ.

your imageނަދުހާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް....

ނަދުހާ އަށް، 13 މަހުގައި ހިތުގެ އޮޕަރޭޝަނެއް ކުރި ނަމަވެސް ފެންނަ ފެނުމަށް ކުއްޖާ ރަނގަޅެވެ.  ނަމަވެސް މާލެ ދެވުނު ފަހަރަކު ޑޮކްޓަރު ބައްލަވާފައި ވިދާޅުވީ ނަދުހާގެ ހިތުގެ ލޯވަޅަކުން ލޭ ލީކްވާ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ގިނަދުވަހަށް މަޑުކުރުން ބުއްދިވެރިއެއްނޫނޭ. ނަމަވެސް އަދި ދެވޭހާ ތަނަވަސްކަމެއް ނެތް. މިހާރު މި ބަލަނީ އޮކްޓޯމްބަރުގައި ދެވޭތޯ- ފަޒީލާ

އަދި މިހާރު  އަންނަ އޮކްޓޯބަރު މަހު ހިތުގެ އެމް.އާރް.އައި ހެދުމަށާ އޮޕަރޭޝަން ކުރަމަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުންގެ ލިޔުން ލިބިފައިވާކަމަށްވެސް ފަޒީލާ ބުންޏެވެ.

ބަލީގެ ހާލަތު ހުރިގޮތުން ކުއްޖާއަށް އާސަންދަލިބޭނެކަމަށް ޑޮކްޓަރުންވެސް ލަފާދެއްވާފައިވާ ކަމަށާއި، ނަމަވެސް އަދި އާސަންދަޔަށް އެދިފައިނުވާ ކަމަށްވެސް ފަޒީލާ ބުންޏެވެ. އެއީ ރަށުގެ ތިބެން ޖެހުމާއި، މާލޭގައި ތިބޭ ވަގުތުތަކުގައި އިތުރު ފައިސާތައް ހޭދަވާނެތީއެވެ.

ނަމަވެސް މިހާރު މި ވިސްނަނީ މާލެ އަށް ކުއްޖާ ގޮވައިގެން ދިއުމަށް ކަމަށާއި، އަވަހަށް އާސަންދަވެސް ލިބޭތޯ ކަމަށެވެ.

އާސަންދަ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އިތުރު ހަރަދުތަކެއް ދާނެތީއާއެކު، މިވަގުތު މާލީ ހާލަތު ދަތިކަމުން ތިޔަފަރާތުގެ ދީލަތި އެހީ އަކަށް އެދޭކަމަށެވެ.

ގުޅޭނެ ނަންބަރުތައް: 9804405 އާއިމިނަތު ފަޒީލާ (ކުއްޖާގެ މަންމަ)

އެކައުންޓް ނަމްބަރު  7730000034895(ބިމީއެމްއެލް) އާއިމިނަތު ފަޒީލާ

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް