ads
ރައީސް ސޯލިހު ތޮއްޑޫގައި ވާހަކަފުޅުދައްކަވަނީ: ސޯޝަލް ސެންޓަރަކާ އެކު، މައިގަނޑު ފަސް ކަމެއް ކޮށްދިނުމަށް ވައުދުވެވަޑައިގެންނެވި - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
ސޯޝަލް ސެންޓަރަކާ އެކު ތޮއްޑޫއަށް ރައީސްގެ ފަސް ވައުދެއް
ސޯޝަލް ސެންޓަރަކާ އެކު އއ. ތޮއްޑޫއަށް މައިގަނޑު ފަސް ކަމެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު ތޮއްޑޫއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ތޮއްޑޫގެ ތަރައްގީއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.

ދެވަނަ ދައުރެއްގައި ތޮއްޑޫއަށް ކޮށްދިނުމަށް ލިސްޓް ކުރެވިފައިވާ ކަންކަމަކީ ރަށު ކައުންސިލުން ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ހަދާފައިވާ ލިސްޓެއްގެ މައްޗަށް ބިނާކޮށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދެވަނަ ދައުރުގެ ތެރޭގައި ތޮއްޑޫއަށް ކޮށްދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަންތައްތަކަކީ:

  • ސޯޝަލް ސެންޓަރެއް އެޅުން
  • ފުރިހަމަ ވަސީލަތްތަކާ އެކު، މުޅިން އާ ކައުންސިލް އިދާރާއެއް އެޅުން
  • ސްކޫލަށް ބޭނުންވާ އިތުރު ހަ ކްލާސްރޫމާއި ސައިންސް ލެބް އަދި ލައިބްރަރީއެއް ގާއިމުކުރުން
  • އާ މިސްކިތެއް ބިނާކުރުން
  • މަލްޓި ފެސިލިޓީ ޕާކެއް ގާއިމުކުރުން

ރައީސް ވިދާޅުވެފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ގޮތް ނިންމާއިރު ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ އެކު، ކުރިއަށް ދެވޭނީ ރައްޔިތުންގެ ނިންމުމާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

އަރިއަތޮޅުގެ ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި އއ. އަތޮޅުގެ ހަ ރަށަކަށް މިއަދު ރައީސް ވަޑައިގަންނަވާނެއެވެ. ތޮއްޑޫގެ އިތުރުން ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރަސްދޫ، ބޮޑުފޮޅަދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް