ads
ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް އަބްދުލް ވާހިދު....
އުމުރުން 12 އަހަރުގެ ރަޔާން، 3 މާއްދާއިން އޭ ބަޔޮލޮޖީން އޭ ޕްލަސް
ހުރަވީ ސުކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ރަޔާން ރިޔާޒު އަބްދުލް ވާހިދު އޯލެވެލްގައި ބައިވެރިިވީ ގުރޭޑް ހަޔެއްގައި ކިޔަމުންނެވެ. ރަޔާން ވަނީ 2021 ވަނަ އަހަރުވެސް އޯލެވެލްގައި ބައިވެރިވެ ކެމިސްޓްރީން އޭ ޕްލަސް ހޯދައިފަ އެވެ.

އޭރު ރަޔާން އަށް އުމުރުން 10 އަހަރެވެ.

"އޯޓިޒަމްގެ ސަބަބުން ގަދަ އަޑުތަކަށް އުދަނގޫތަކެއްވޭ. ކޮންސެންޓްރޭޝަންވެސް ގެއްލޭ. ކުރިން އުޅުނުގޮތަށްވުރެ މިހާރު ރަޔާން އަސްލު ރަނގަޅު. ފަތިގަނޑުގައި ހިފިޔަސް ކުރިން އުލޭނެ އަތަށްވެސް ތަދުވެގެން." މިހާރު އުމުރުން 12 އަހަރުގެ ރާޔާންގެ މަންމަ އައިޝަތު ޔުމްނާ ބުންޏެވެ.

your imageހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް އަބްދުލް ވާހިދު....

ހުރަވީ ސުކޫލްގެ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައި އުޅެމުންދާ ޔުމްނާ ބުނީ ރަޔާން އެންމެ ކުޑައިރުވެސް ވަރަށް ތަފާތު ކަމަށެވެ. އެ ތަފާތު ކަންފާހަގަވެ، ރަޔާން ލައްވާ ޕާސްޕޭޕަރު ހަދުވާ ކަންތައް ކުރި ކަމަށެވެ. 

"ރަޔާން ވަރަށް ތަފާތު އަސްލު ވަރަށް ފޮތް ކިޔާ ހަދާނެ. އެހެންވެ ރަޔާން އަމިއްލަގޮތުން އޯލްވެލްގައި ބައިވެރި ކުރުވީ" ޔުމްނާ

2021 ވަނަ އަހަރު ނަތިޖާއިން އެނގުނު ރަޔާން އަށް ދެން އުނދަގޫ ތަކެއްނުވެ، ކުރިއަށްދެވޭނެ ކަން ކަމަށާއި، ރަޔާން އެކްސްޕެރިމެންޓްތައްވެސް ހަދަނީ އަމިއްލަ އަަށް ބޭނުންވެގެން ކަމަށެވެ. އަދި ބަދިގޭގައި ގެންގުގުޅޭ ބައެއް އެއްޗެހިވެސް ބޭނުން ކޮށްގެން ރަޔާން އެކްސްޕެރިމެންޓް ހަދާ ކަމަށެވެ. 

ސައިންސުވެރިއަކަށް ވާން ޝައުގު ހުންނަ ރަޔާން ބޮޑަށް، ކިޔަވަނީ ސައިންސްގެ މާއްދާ ތަކެވެ. އެގޮތުން ރާޔާންގެ ވަނީ އިންގްލިޝް އިން އޭ އެއް ހޯދާފާއެވެ. ހިސާބުން ވެސް ވަނީ އޭ އެއް ހޯދާފައެވެ. އަދި ފިޒކްސް އިން ރަޔާން އޭ އެއް ހޯދާފައިވާއިރު، ރަޔާންގެ އެންމެ މޮޅު ސަބްޖެޓް އަކީ ބަޔޮލޮޖީއެވެ. އެ ސަބްޖެކްޓުން ރަޔާން ހޯދާފައިވަނީ އޭ ޕްލަސް އެކެވެ. 

2021 ވަނަ އަހަރު އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްއިން، ކެމިސްޓްރީ ހަދައި އޭ ސްޓާރ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ރަޔާން އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައްދަލުކުރައްވައި މަރުޙަބާ އޭރު ވިދާޅުވެފައިވެއެވެ.

ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީއިން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތައުރީފް ކުރައްވައި، އުފާވެސް ފާޅު ކުރައްވާފައިވެއެވެ.

އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯވެސް ރައީސް ސުވާލު ކުރެއްވިއެވެ. ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ ރައީސް ސުވާލުކުރެއްވުމުން ރަޔާން ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށް ކަމުގައި އޭނާ ރައީސްގެ އަރިހުގައި އޭރު ދެންނެވިއެވެ.

އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ އާލާތްތައް ބޭނުންވާކަމަށްވެސް ރަޔާން އެދިފައިވެއެވެ.

ޔުމްނާ ބުނީ ޕްރައިވެޓް ކޮށް އޯލެލް އަށް ރަޔާންއަށް ކިޔަވައިދޭއިރު ވަރަށް ބޮޑު ހަރަދެއް ހޭދަވާ ކަމަށާއި، އަދި އޭލެވެލް އަށް ބޮޑު ހަރަދެއް ހޭދަވާނެ ކަމަށެވެ. އެކަމަށްވެސް ގޮންޖެހުންތަކެއް އެބަރިކަމަށެވެ.

އޯޓިޒަމް އާއި އެކު ރަޔާން ކުރާދަތުރުގެ ދަތި ހާލަތުގައިވެސް ރަޔާން ވަނީ 4 މާއްދާއިން އޭ ހޯދާފައެވެ. އެފަދަ ވަނައެއް ހޯދުމަށް ކުއްޖާ އަށް މަގުދައްކާއިދޭ ރަޔާންގެ މަންމަ އައިޝަތު ޔުމްނާ އާއި، ބައްޕަ ރިޔާޒު އަބްދުލް ވާހިދުގެ ހިތްވަރަކީ މައިންބަފައިނަށް ހުރި މިސާލެކެވެ.

75%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް