ads
ރ. މަޑުއްވަރީ/ރިވެލި ސަފްވާން
ދެ ކުދިންގެ ބައްޕަ ވާގިގޮސް، ތިބޭފުޅުންގެ އެހީ އަށް ބޭނުންވެފައި
ރ. މަޑުއްވަރީ/ރިވެލި ސަފްވާންގެ ފޯނަށް އޮގަސްޓް 10 ވަނަ ދުވަހުގެ ރޭ ދަންވަރު ފޯނެއް އައެވެ. "ޑިންގީ އަޑިއަށްދަނީ އަވަހަށް އާދޭ ބަނދަރަށް" ގުޅި މީހާ ބުންޏެވެ.

އެ ފޯނު ކޯލާއިއެކު ސަފްވާން ދުއްވައިގަތީ އަޑިޔަށްދާ އޭނަގެ ޑިންގީ ސަލާމަތް ކުރުމަށް ކަމަށް ސޮވްފާން ކޮއްކޮށް ހުސެން ޟަމީމް ބުންނެެވެ. ޖެޓީ ސަރަހައްދަށް ސަފްވާނަށް ދެވުނުއިރު އެ ޑިންގީ ނެނގުމަށް ފުލުހަކާއި އިތުރު ބަޔަކުވެސް މަސައްކަތް ކުރަމުންދިޔަކަމަށެ.

އަވަސް އަވަހަށް މޫދަށް ފަރިތަ ސޮފްވާންވެސް މަސައްކަތް ފަށައިގަތެވެ. އެ ރެ އަކީ ވިއްސާރަ ރެއެއް ކަމަށާއި، ޑިންގީ އޮތީ ވާގަނޑު ކަޑައިގެންގޮސްފައި ކަމަށް ޝަމީމް ބުންޏެވެ.  

"ޑިންގީ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޖެޓީ އާއި ޑިންގީ އާއި ދޭތެރޭ ފިތިގެން ބޭބެ އަށް އަނިޔާވީ. ވާގަނޑު ހުންގާނުގައި އަލައިގަނެގެން."ޝަމީމް ބުންޏެވެ.

ޑިންގީ ނެނގުމުގެ މަސަައްކަތް ކުރަމުންދަނިކޮށް މޫދުގައި އޮއްވާ އެރޭ ފަތިހު ފަސްގަޑިބައި އެހާކަށް އިރު އެހާދިސާ ހިނގީ ކަމަށް ޟަމީމް ބުންނެވެ. ޑިންގީ އާއި ތޮށި ގަނޑާއި ދޭތެރޭ ސޮފްވާން ފިތުމުގެ ސަބަބުން ލިބުނު އަނިޔާގައި އޭނާގެ މައިބަދައިގެ ނާރު ފިތި ބަދަތަކަށް ވަނީ ގެއްލުންތަކަށްވެފައެވެ. 

މިހާރު އެމެޖެންސީގައި މާލެ ގެނެސް އޮޕަރޭޝަންކޮށް ތިން ބަދައިގައިވެސް ވަނީ ބޯލްޓް ކޮށްފައެވެ. 

your imageރ. މަޑުއްވަރީ/ރިވެލި ސަފްވާން

ނަމަވެސް އުނަގަނޑު ތިރިއަށް އެއްވެސް ހަރަކާތެއް ނާދެއެވެ. ފޫޅުން މަތީގެ ހަރަކާތް ރަނގަޅު ކަމަށާއި، ހަރަކާތްވެސް ކުރާ ކަމަށެވެ. 

މިހާރު ސޮފްވާން އޮތީ އައިޖީއެމްއެޗްގައެވެ. އޮޕަރޭޝަން ކޮށް އެ ހޮސްޕިޓަލުން ފަރުވާ ދިން ނަމަވެސް ސޮފްވާންގެ އުއްމީދުވަނީ ކަނޑާލާފައި ކަމަށެވެ. 

"ބޭބެގެ ފޫޅޫންތިރީގައި ވާގިނެތަސް އިހުސާސެއް ނަތަސް ލޭ ހިނގާ. ނާރެއް ހުރީ ދެ ބަދަ ދޭތެރެއަށް ފިތިފައި ކަމަށް ޑޮކްޓަރުން ބުނަނީ."ޟަމީމް ބުންޏެވެ

ނަމަވެސް އުއްމީދު ކަނޑާލާފައިވާ ސޮފްވާން އަށް، ރާއްޖެއިން ފަރުވާ ދެވޭނެ ކަމަށްބުނެ އާސަންދަ ލިޔުންވެސް ހޮސްޕިޓަލުން ދެއްވާފަ ނުވާ ކަމަށެވެ. ބަލީގެ ހާލަތު އަންގައިދޭ ލިޔުންތަކާއި އެކު އާސަންދަ އަށް މިހާރު އެދިފައިވާ ކަމަށްވެސް ޟަމީމް ބުންޏެވެ.

ސޮފްވާން އަކީ ފީނުމުގެ މަސައްކަތް ކުރާ މީހެއް ކަމަށާއި، އާމްދަނީ ހޯދަނީވެސް ލަޑާނެނގުން ފަދަ ކަންކަން ކޮށްގެން ކަމަށެވެ. އެހެން ކަމުން މަސައްކަތް ހުއްޓިފައި އޮތުމުން އޭނާ އަށް ފައިސާ ލިބޭނެ އެއްވެސް މަގެއްނެތް ކަމަށެވެ.

އަދި އާއިލާގެ އެއްބަނޑު މީހުންނަކީވެސް ފުދިގެން އުޅޭ ބަޔެެއް ނޫން ކަމަށާއި، އެހެންކަމުން އެއްވެސް ވަރަކަށް އެހީތެރިވެވޭނެ މީހަކުވެސް ނެތް ކަމަށެވެ.

އާސަންދަ ލިޔުން ޑޮކްޓަރުން ދެއްވާފައި ނުވާތީ އާސަންދަވެސް ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި، ނަމަވެސް ރާއްޖެއިން ބޭރަށް ދެވިއްޖެ ނަމަ، ފަރުވާ އަށް އިތުރު އަލިމަގެއް ފެނިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދެ ކުދިންނާއި އަންބަކުހުރި ސޮފްވާންގެ ފޫޅުން ތިރި ވާގި ގޮސްފައިވާތީ އިތުރަށް ދޫކޮށްލެވިއްޖެ ނަމަ އޭނާ ތަންމަތިވެ ދެ ދަރިން ނިކަމެތިވެދާނެތީ އެއާއިލާއިން އެދެނީ ރާއްޖެއިން ބޭރަށް ދިއުމަށް އާންމުންގެ އެހީތެރި ކަމެއް ކަމަށް ޟަމީމް ބުންޏެވެ.

ގުޅޭނެ ނަންބަރުތައް: 9644889 ހުސެއިން ޟަމީމް (ސޮވްވާންގެ ކޮއްކޮ)

އެކައުންޓް ނަމްބަރު  7730000115091(ބިމީއެމްއެލް) ހުސެއިން ޟަމީމް

އެކައުންޓް ނަމްބަރު 7730000301502 (ޑޮލަރ) ހުސެއިން ޟަމީމް

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.

40%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
41%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް