ads
އިމްތިޔާޒް ފަހުމީ: މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަޖިލިސް ހުޅުވުމުން ސަރުކާރުގެ މައްސަލަ މަޖިލީހަށް ވައްދާނަން: އިންތި
ސަރުކާރިން ހިންގާ "ވައްކަންތަކުގެ" މައްސަތައް ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށް ދަ ޑިމޮކްރެޓްސް ގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މިހާރގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ވަޑައިގަންނަވަން އުޅުއްވަނީ އިތުރަށް ވައްކަން ކުރަން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިިރާގެ މެމްބަރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އިންތި ކުރެއްވި ތުހުމަތުތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެއްވެސް މަސައްކަތެއް އިތުރަށް ކުރައްވާނެތޯ؟ ސީއެންއެމް އިން ކުރި ސުވާލުގެ ޖަވާބުގައި އިންތި ވިދާޅުވީ، ޕްރެސް ކޮންފަރެންސް ތަކުގައި މިވާހަކަތައް ދައްކަވަނީވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށާއި، އަދި ރައްޔިތުންގެ މަޖިލިސް ހުޅުވި، ޖަލްސާތައް ފެށުމާއެކު، މަޖިލީހުގެ ތަޅުމުންނާއި، މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީތަކުގައި ޑިމޮކްރެޓްސްގެ ފަރާތުން އެމަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

ދަ ޑިމޮކްރެޓްސް ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕޭނާއި ގުޅޭގޮތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގަ މިއަދު ހެނދުނު ހ.މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ރައީސް ސޯލިހު އިތުރު ދައުރަކަށް އިންތިހާބު ވެއްޖެނަމަ، ދިވެހި ދައުލަތުން ގުނާ އަދަދު ނުކުރެވޭ ވަރަށް ވައްކަން އިތުރު ވާނެ ކަމަށާއި، އެކަމަށްޓަކާވެސް އެފުރުސަތު ރައީސް ސޯލިހަށް ނުދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރާ ކަމަށެވެ.

އިތުރު ދައުރަކަށް އިންތިހާބުވެ، ދެވަނަ ދައުރެއް ނިމޭއިރު ސިޔާސީ ގޮތުން އެމަނިކުފާނު ކުރައްވާނެ އިތުރު ކަމެއް ނޯންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވެ ދައްކަވާ ވާހަކައިގެ ހަގީގަތަކީ މިއީކަމަށް ދެކިލައްވާ ކަމަށް ވިދާޅުވެ، މިސާލު ދައްކަވަމުން އިންތި ވިދާޅުވީ، ވެންޓިލޭޓަރު ގަންނަން ކަމަށްބުނެ، ދިވެހި ދައުލަތުން އެތަކެއް މިލަން ރުފިޔާ ދިވެހި ދައުލަތުން ވަގަށް ނަގާފައިވާ ކަމަށާއި، އެކަން ކުރެވުނީ ސީދާ ރައީސް ސޯލިހަށް އެނގިވަޑައިގެން ކަމަށާއި، އެހެންނަމަވެސް އެކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާކަމަށެވެ.

"2018 ވަނއަހަރު ވެރިކަމަށް ވަޑައިގަންނަވަމުން 04 އަހަރު ދައުރެއް އެއީ ދިގު މުއްދަތެއް ކަމަށް ވިދާޅުވި ބޭފުޅަކު ވެރިކަމުގެ އާ ދައުރަކަށް ވަޑައިގަންނަވަންވެގެން ހުތުރު ގޮތަކަށް ކެމްޕޭނުގެ ކަންތައް ހިންގަވާ، އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހާ ފުރައްސާރަ ކުރައްވަމުން ގެންދަވާ ތަން މިފެންނަނީ. ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދެވުމަށް ދެވަނަ ދައުރަކަށް އެދިވަޑައިގަންނަވާ ތަން މި ފެންނަނީ" -އިންތި-

ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޕެޓީކޭޝް އަށްވާ 13 މިލިއަން ރުފިޔާގެ ވައްކަމެއްގެ ވާހަކަ ފެންމަތިވި ކަމަށާއި އެހެންނަމަވެސް އެމައްސަލަވެސް، ސީދާ ރައީސް ސޯލިހު އަންގަވައިގެން އަދި ރައީސް ސޯލިހުގެ ކެމްޕެއިންގައި އުޅުއްވާ ބޭފުޅުންގެ އެކަމުގެ ތެރެއަށް ވަންނަވައިގެން އޮއްބާލައިފި ކަމަށްވެސް އިންތި ތުހުމަތު ކުރެއްވިއެވެ.

"201އަޅުގަނޑަށް ހީވަނީ ވައްކަމުގެ ކަންތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އިތުރު ދައުރަކަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާހެން. މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން މިހެން ދަންނަވަން މިޖެހެނީ، ވެންޓިލޭޓަރުގެ މައްސަލަ ކޮބައިތޯ؟ އިހަކަށްދުވަހު ފެނަމަތިވި މައްސަލައެއް، 13 މިލިއަން ރުފިޔާގެ ޕެޓީ ކޭޝްގެ މައްސަލައަކީވެސް. ކޮބައިތޯ އެމައްސަލަ. މި ކެމްޕޭނުގެ ބޭނުމަކަށްޓަކައި ސަރުކާރުން، ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން، ކެމްޕޭނުގެ ބޭފުޅުން އަންގަވައިގެން އެމައްސަލަ އޮއްބާލައިފައިވަނީ" - ދަ ޑިމޮކްރެޓްސް ގެ ސްޕޯކްސް ޕާސަން އިންތި-
40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް