ads
އިމްތިޔާޒު ފަހުމީ: ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
އިހުތިޖާޖުގައި ޖަންގައްޔާ ހަމަޔަށް ރައްޔިތުން ވެއްދުމަކީ ބަލައިގަނެވޭނެކަމެއްނޫން: އިންތި
ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނަވާއިރު ރަށެއްގެ އާބާދީއަށް ވުރެ ގިނަ އަދަދަށް ފުލުހުންނާއި ސިފައިން ރަށްރަށަށް އަރުވާ ސުލްހަވެރި އިހުތިޖާޖު ކުރާއިރު ޖަންގައްޔާ ހަމަޔަށް ރައްޔިތުން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ޑިމޮކްރޭޓްސްގެ ސްޕޯކް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅު ވެއްޖެއެވެ.
Advertisement

އިންތި ވިދާޅުވީ މިހާރު ފެންނަމުންދަނީ އެމްޑީޕީ ސަރުކާރެއްގައި ފެންނާނެ ކަމަކަށް ރައްޔިތުން ގަބޫލު ނުކުރާ މަންޒަރުތައް ކަމަށާއި، ނަމަވެސް އެފަދަ މަންޒަރުތައް ދަނީ ތަކުރާރުވަމުން ކަމަށެވެ.

" އެމްޑީޕީއަކީ ކުރީގެ އޮތް އެމްޑީޕީއެއް ނޫން. އޭގެ ސިފަ ގެއްލިފައިވާ ޕާޓީއެއް." އިންތި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅަށް ބެނާއެއް ދަމާލާ، ޝުއޫރުފާޅު ކުރުމުގެ ހައްގެއް ވެސް މިހާރު ނެތް ކަމަށާއި، މިއީ ވަރަށް ނާތަހުޒީބު ވެރިކަމަކާ ހުރެ ކުރެމުންދާ ކަންތަކެއް ކަމަގައި އިންތި ވިދާޅުވި އެވެ.

މިކަމުން ދޭހަވަނީ ވެރިކަމުގެ ލައްޒަތައްޓަކާ ވެރިކަން ކުރަން އުޅޭތަން ކަމަށާއި މި ފަދަ އަމަލުތަރަކުގެ ސަބަބުން ގައުމު ފަހަތަށް ދާތަން ފެންނަން ފަށައިފި ކަމަށާއި، ފަރުދީ އަސާސީ ހައްގުތައް ހިފެހެއްޓެމުންދާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ސަރުކާރެއް ނަމަ އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖު ތަކާ އެއްވުންތައް ބަލައިގަން ޖެހޭނެ ކަމަށާއި، އެ އަޑުތައް އެހުމުގެ ގާބިލްކަން ވެސް ހުންނަށް ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިންތި މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ވަޑައިގެންނެވުމުން އިދިކޮޅު ފަރާތްތަތަކުން ވަނީ އަޑުއުފުލުމަށް ކަމަށް އެއްވުންތައް ބާއްވަމުންނެވެ. އެ އެއްވުންތަކުގައި ގާ އުކުމާއި ވެލި އުކުން ފަދަ ކަންތައްތައް ވެސް ފެނިގެން ގޮސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް