ads
މާރިޔާ ގެންދަވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން---
ރައީސް ޔާމީން ކުރި ހުރިހާ ކަމެއްގައި މުއިއްޒު ވާގިވެރިވި: މާރިޔާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ހުރިހާ ގޯސް ކަންތައްތަކެއްގައި އެމަނިކުފާނުގެ ކެބިނެޓުގައި އިންނަވައިގެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ރިޔަސީ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ދީދީ ވިދާޅުވީ މުއިއްޒުގެ ވާހަކަ ދައްކަން ޖެހެނީ މުއިއްޒަކީ ވެސް 2013 އިން ފެށިގެން 2018 އަށް ކުރީގެ ރައީސް ޔާމީން ހިންގެވި ހުރިހާ ގޯސް ކަންތައްތަކެއްގައި ވާގިވެރިވި މީހަކަށްވާތީ ކަމަށެވެ. 

"ރައީސް ޔާމީންގެ ވަޒީރުންގެ މަޖިލީހުގައި އިންނަވައިގެން ރައީސް ޔާމީން ކުރެއްވި ހުރިހާ ކަމެއްގައި، ސަރުކާރު ތެރެއިން ކުރެއްވި ހުރިހާ ކަމެއްގައި ކެބިނެޓު މެންބަރެއްހެން އެބޭފުޅާ އިންނަވާ ވާގިވެރިވެފަ ހުންނާނެތީ އެވާހަކަތައް ދައްކަމުން މިދަނީ،" މާރިޔާ ވިދާޅުވިއެވެ. 

މާރިޔާ ވިދާޅުވީ ޕީޕީއެމުގެ ބަދަލުގައި ޕީއެންސީގެ ޓިކެޓު ހޯއްދަވައިގެން ނުކުމެވަޑައިގެން ޑރ.މުއިއްޒު ހުންނެވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ކަންކަމުގައި ބައިވެރިވުމެއް ނޯންނާނެކަން ދެއްކުމައްޓަކާ ކަމަށެވެ.ނަމަވެސް މޖުއިއްޒަކީ އާ ބޭފުޅެއް ނޫން ކަމަށާއި ރައީސް އިބްރާހީމު މުހައްމަދު ސޯލިހުއަށް އޮތް ގޮންޖެހުމެއް ވެސް ނޫން ކަމަށެވެ. 

މާރިޔާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ހުރިހާ ކަމެއްގައި ވަޒީރުންގެ މަޖިލީހުގައި އިންނަވައިގެން މުއިއްޒު ބައިވެރިވެވަޑައިގެންފައިވާ އިރު އެވާހަކަތައް ނުދައްކާ ކުރިއަށް ނުދެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް