މޯލްޑިވްސް މީޑިޔާ ކައުންސިލުން ބުނީ ދެންމެ ނޫހުގައި އާންމު އިޖްތިމާއީ މިންގަޑާއި ހިލާފު ހަބަރުތައް ލިޔެ ޝާއިރު ކުރަމުންދާތީ އެ މައްސަލަ އެ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެެވެ.
އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ހަބަރުތައް އާންމުންގެ ފަރާތުން އެ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައިވާތީ އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް އެ ނޫހަކީ މިނިސްޓްރްީ އޮފް ހޯމް އެފެއާޒުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއްނޫން ކަމަށާއި، އެ ނޫސް ހިންގާ ފަރާތާއި މަސްއޫލުވެރިވާ ފަރާތް ދެނެގަނެ ޖަވާބު ދާރީ ކުރުވުމުގައި ދަތި ތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ދެންމެ ނޫސް ހިންގާ ފަރާތާއިމެދު ފިޔަވަޅު އަޅާނެ ކަމަށާއި، މައުލޫމާތު އެނގޭ ފަރާތެއްވާނަމަ އެ ކައުންސިލަށް ހުށައެޅުމަށައެޅުމަށް ވެސް އެ ކައުންސިލުން ބުނެފަވެއެވެ.
އެ ކައުންސިލުން ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކުރާ ކަމެއް ކަމަށާއި އެ ކައުންސިލުން އެ މަސައްކަތް ކުރާނީ އެ މިނިވަންކަމަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަމަށެވެ.
ނަމަވެސް ދިވެހި މީޑިޔާގެ އަޙްލާގީ މިންގަނޑާއި ހިލާފުވާނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މީޑިޔާ ކަައުންސިލުން ބުނެފައިވެއެވެ.