ads
ކެބިން ކްރޫއަކަށް ފުރައްސާރަކުރި ދިވެހި ފިރިހެންމީހާ/ފޮޓޯ
ކެބިން ކްރޫއަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފި
މާލެއިން ފުރައިގެން ދަތުރު ކުރަމުން ދިޔައިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި، އަންހެން ކެބިން ކްރޫއަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ބެންގަލޫރު އެއާޕޯޓުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ދާދި ފަހުން މާލެއިން ފުރައިގެން ދަތުރު ކުރަމުންދިޔަ އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި އަންހެން ކެބިން ކްރޫއަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ބެންގަލޫރު އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް "އިންޑިއަން އެކްސްޕްރެސް" ނޫހުން ވަނީ ވަނީ ބުނެފައެވެ.

އެ ނޫހުގައި ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަކްރަމް އަހުމަދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވީ އެއާލައިންގެ މެނޭޖަރު ފުލުހަށް މައްސަލަ ހުށަހެޅުމުން ކަމަށްވެސް ބުނެފައި ވެއެވެ.

މެނޭޖަރާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:45 އިން ހަވީރު 6:00 އާ ދެމެދު މާލެއިން ބެންގަލޫރަށް ދަތުރުކުރި އިންޑިގޯ ފްލައިޓް 6އީ 1128 ގައެވެ.

ބަނގުރާ ދަޅަކާއި ކެޝޫނަޓު ގެނެސްދިނުމަށް ކެބިން ކްރޫއެއް ކައިރީގައި އަކުރަމް އެދުނު ކަމަށާއި، އަދި, ކެބިން ކްރޫ އެ ތަކެތި ގެނެސްދިނުމުން، "އަހަރެން ތިކަހަލަ އަންހެން ކުއްޖެއް ހޯދާތާ 51 އަހަރު ވެއްޖެ" ކަމަށް ބުނެ ފައިވާ ކަަމަށް އެ ނޫހުން ބުނެފައިވެއެވެ. އަދި ހުސް ވަގުތެއް ލިބޭނީ ކޮންއިރަކުތޯ އަކުރަމް ސުވާލުކޮށްފައިވާ ކަމަށްވެސް އެ ނޫހުންވަނީ ބުނެފައެވެ.

މީގެ އިތުރުން އަކްރަމްވަނީ ގޯސް ނިޔަތެއްގައި ކެބިންކުރޫ ގައިގައި އަތްލާފައި ކަމަށާއި، އޭގެ އިތުރުން އޭނާ ގެނައި ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން 100 ޑޮލަރު ދީ 10 ޑޮލަރު ކެނޑުމަށްފަހު ބާކީ ބޭއްވުމަށް ވެސް އަކްރަމް އެދިފައިވާ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

މީގެ އިތުރުން ޖިންސީ ފުރައްސާކޮށް، ތިން ފަހަރު އޭނާ އިން ސީޓުންވެސް ތެދުވެ ކެބިން ކްރޫއަށް ގޮވާ ހަދާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް