ads
އައިޝާ ޒިވިޔާ ފަޒްމީން ބަލިބޮޑުވެ އިންޑިޔާ ހޮސްޕިޓަލެއްގައި....
ނާރު ފީވާ ބައްޔާއެކު ތުއްްތު ކުއްޖެއްގެ ވޭނީ ދިރިއުޅުން!
"މެޓަކޮރޮމެޓިކް ލުކޯޑީސްޓްރޯފީ" ކަމަށްވާ ނާރު ފީވާ ބައްޔާއެކު އައިޝާ ޒިވިޔާ ފަޒްމީން ދިރިއުޅެމުން އަންނަނީ ވޭނީ ދުނިޔެ އެއްގަ އެވެ. އިންޑިއާގައި ޒިވިޔާގެ ފަރުވާއަށް ގޮސް އެ އާއިލާ ތިބޭތާ މިހާރު މިވަނީ ތިން މަސް ވެފައެވެ. ނަމަވެސް އަދިވެސް ޒިވިޔާގެ ހާލު ރަނގަޅެއްނޫން ކަމަށާއި، އެ ކުއްޖާ މިހާރު ތަހައްމަލް ކުރަމުން ދަނީ މާ އުނދަގޫ ހާލަތެކެވެ.

ޒިވިޔާގެ މަންމަ ބުނީ މިހާރު ޒިވިޔާގެ ހާލު ދަނީ ދުވަހެއް ދުވަކަށް ދަށަށްކަމަށެވެ. އަދިވެސް އެ ބައްޔަށް އޮތް ހަމައެކަނި ފަރުވާ ސްޓެމް ސެލް ޓްރާންސްޕްލާންޓް ހެއްދުމަށް ފައިސާ އެމީހުންނަކަށް ހަމައެއްނުވެއެވެ. އެ ޓްރާންސްޕްލާންޓް ހެއްދުމުގެ ފަރުވާއަށް 43،000 ޑޮލަރު ހޭދަވެއެވެ. އަދި ދިވެހި ރުފިޔާއިން އެއީ 663،060 އެވެ. އެ ފަރުވާ ދެވޭ އިންޑިޔާގެ ހޮސްޕިޓަލު ކަމަށްވާ ކްރިސްޓިއަން މެޑިކަލް ކޮލެޖު ވެއްލޫރު އިން ބުނެފަ ކަމަށް ފިޔާޒާ ބުންޏެވެ.

your imageއައިޝާ ޒިވިޔާ ފަޒްމީން

 މި ކަމުގައި ތިބޭފުޅުންގެ ދީލަތި އެހީތެރިކަމެއް ބޭނުންވާ ކަމަށް ފިޔާޒާ ބުންޏެވެ.

"ކޮންޓްރޯލުނުވެ ޕުއްޕު ލެވެނީ. އަގައިގައި ފާރުތައް ގިނަވެ ލޭ ކޮންޓްރޯލެއްނުވޭ. ހޮސްޕިޓަލުގައި ތިބޭތާ މިހާރު އެއް މަހާއި 15 ދުވަސް ވެއްޖެ،" ޒިވިޔާގެ މަންމަ ފިޔާޒާ މޫސާ ދީދީ ބުންޏެވެ.

ފިޔާޒާ ބުނީ ޒިވިޔާ ވިހެއިރު އެއީ ސިއްހަތު ރަނގަޅު ކުއްޖެ ކަމަށެވެ. ހިނގާ އުމުރަށް އަރާ އެއް އަހަރާއި ހަތް މަސް ވީތަނުން ކުޑަކޮށް ފިޔަވަޅު ނަގާ ހިނގަން ވެސް ފެށި ކަމަށެވެ. ނަމަވެސް ޒިވިޔާގެ ހިނގުމުގެ ބެލެންސް ގެއްލެން ފެށި ކަމަށެވެ.

your imageފިޔާޒާ މޫސާދިދީގެ ހަނގުދަރި ޒިވިޔާ ބަލިބޮޑުވަރު ވުމުގެ ކުރިން.........

ފިޔާޒާގެ ދެ ދަރިއަކު އަންނަނީ މި ބަލި ތަހައްމަލްކުރަމުންނެވެ. ޑޮކްޓަރުން ބުނަނީ މިއީ ޖެނެޓިކް މައްސަލައެއްގެ ސަބަބުން ލިބޭ ދަރިންނަށް ދިމާވާ ބައްޔެއް ކަމަށެވެ. 

ފިޔާޒާ ބުނީ ދެވަނަ ދަރި އޮތީ ރަށުގައި ކަމަށާއި، އެކުއްޖާ އޮތީ ހަރަކާތް ހުއްޓި ބަސްހުއްޓި ތަންމަތިވެފައި ކަމަށެވެ. އެކުއްޖާގެ ބަލި ދެނެގަނެވުނީ ވަރަށް ގިނަ ދުވަހުން ކަމުން އެކުއްޖާ އަށް ފަރުވާ ބޭނުންވާ ވަރަށް ނުލިބުން ކަމަށެވެ. އުމުރުން 11 އަހަރުގެ އެ ކުއްޖާ އަކީ އުމުރުން ތިން އަހަރުވަންދެން ދޫ ފަރިތަކޮށް ވާހަކަ ދައްކާ ހިނގުމުގައި ބެލެންސް ގެއްލުނަސް ހިނގާ ވެސް އުޅުނު ކުއްޖެއް ކަމަށެވެ.

ތިން އަހަރަށްފަހު ޑޮކްޓަރަށް ދައްކާ ފަރުވާ ކުރަމުން ދަނިކޮށް ކުއްޖާ މަޑުމަޑުން ބަލި ބޮޑުވަމުންގޮސް އަޑުއިވުމާއި ވާހަކަ ދެއްކުމާއި ލޮލުގެ ފެނުމުގެ މައްސަލަތައް އިތުރުވިއެވެ. 

"އިންޑިޔާ ޑޮކްޓަރުން ބުނި އޭރުވެސް އަވަހަށް ފަރުވާލިބުނުނަމަ ރަނގަޅުވާނެޔޭ. ފަރުވާ ނުލިބި އޭރު ލަސްވީ ރާއްޖޭގެ ޑޮކްޓަރުން ވެސް އާ ކަމަށްކަށް އެކަންވާތީ. އަދި އަސްލު ބައްޔާއި ފަރުވާ އެނގުނީ މާ ފަހުން. މިހާރު އަވަކުރެވޭތޯ މި ބަލަނީ ދެވަނަ ކުއްޖާ އަށް އެގޮތަށްވީމަ ޒިވިޔާ ބަލީގެ ކުރީ ކޮޅު އަވަހަށް ރަނގަޅު ކުރުމަށް. ޑޮކްޓަރުން ބުނެފައިވާތީ ތެރަޕީގެ ކަންތައް ހަމަޖެއްސޭތޯ،" ފިޔާޒާ ބުންޏެވެ.

މި ބައްޔަށް ވަރަށް ބޮޑަށް ހަރަދު ހިގާނެ ކަމަށް ބުނެ ފިޔާޒާ ބުނީ  ޑޯނާ އަކަށް ދިމާ ކުރުމަށް ހަދާ ޓެސްޓަށް އެސްޓިމޭޓް ލެޓާއެއްގެ ގޮތުން ނުވަހާސް ޑޮލަރު ނުވަތަ ދިހަ ހާސް ޑޮލަރު ހޮސްޕިޓަލަށް ދައްކަން ޖެހޭ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލަކީ އިންޑިޔާގެ ދުރު އަވަށެއް ކަަމަށްވާ މެއިންސިޓީ ޗެންނާއީ ވޮލޯ ގައި ހުންނަ ހޮސްޕިލެއް ކަމަށާއި، އެ ހޮސްޕިޓަލުގައި ދޭ ފަރުވާ އަށް އާސަންދަވެސް ނުލިބޭ ކަމަށެވެ.

your imageފިޔާޒާ މޫސާދިދީގެ ހަނގުދަރި ޒިވިޔާ ބަލީގެ ހާލަތު އަންގައިދޭ ލިޔުމެއް....

ފިޔާޒާ އަށް ހަނގަށް ލިބުނު ދެ ދަރިންނަށް ޖެހިގައިވާ ބައްޔަކީ "މެޓަކޮރޮމެޓިކް ލުކޯޑީސްޓްރޯފީ" އެވެ. އެއީ ނާރުތަކުގެ ސެލްތަކުގެ މެޓީރިއަލްތައް ވިހަކޮށް އުފެދުމުގެ ސަބަބުން ދިމާވާ ޖެނެޓިކް (ވާރުތަކުރާ) ބައްޔެކެވެ.

މ ބައްޔަކީ އާއިލާއަށް ވާރަތަކުރާ ބައްޔެއްކަމުން ލިބޭ ދަރިންނަށް ވާރުތަ ކުރާނެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހިނގުމުގެ ބެލެންސްގެ މައްސަލަތައް ދިމާވެއެވެ.

  • އުނގެނުމުމުގެ ނުކުޅެދުންތެރިކަން ދިމާވުން 
  • ބްލެޑާގެ މައްސަލަ
  • ނޭވާލާން އުނދަގޫވުން
  • އަޑުއިވުމާއި ވާހަކަ ދެއްކުމާއި ލޮލުގެ ފެނުމުގެ މައްސަލަތައް
  • މަސްތައް ކޮންޓްރޯލް ކުރަން އުނދަގޫވުން

ޒިވިޔާ ގޮވައިގެން އިންޑިޔާގައި ތިބުމުގައި ވަރަށްބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަދި މިހާރު ފައިސާގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޒިވިޔާގެ ސްޓެމްސެލް ތެރަޕީއަށް ނުވަހާސް ޑޮލަރު ހޭދަވާއިރު، އިތުރަށް ދިހާސް ޑޮލަރު އޮޕަރޭޝަނާއި، އެހެނިހެން ކަންކަމަށް ހޭދަވާނެ ކަމަށް ހޮސްޕިޓަލުން ބުނެފަިވާ ކަމަށް ފިޔާޒާ ބުންޏެވެ.

ފިޔާޒާ އެދެނީ އޭނާގެ ދެ ދަރިންނަށް ޖެހިފައިވާ ހާލުން ސަލާމަތް ވުމަށެވެ. ނަމަވެސް ބަލި ދެނެގަނެވުނުއިރު، ދެ ވަނަ ދަރި ވަނީ އެއްކޮށް އުއްމީދު ކަނޑާލާފައެވެ. ނަމަވެސް އަދިވެސް ހަނގު ދަރި ޒިވިޔާ އަށް ފުރުސަތު އެބަ އޮތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެއީ ބަލީގެ ކުރީ ކޮޅު ފަރުވާ އަވަސްކުރެވިފައިވާތީ ކަމަށެވެ. ފިޔާޒާ ބުނީ އަޅާނުލާ ދޫކޮށްލެވިއްޖެ ނަމަ ވަގުތު ފާއިތު ވެދާނެ ކަމަށެވެ. އެކަމަކު އެމީހުންގެ އަތުގައި ފައިސާ އެވަރަށް ނެތް ކަމަށާއި، މިހާރުވެސް ޒިވިޔާގެ ބައްޕަ އިންޑިޔާގައި ހުންނަީ ވަޒީފާއިން ނޯޕޭ ލީވް ނަގައިގެން ކަމަށެވެ.

އެދެނީ ޒިވިޔާގެ ހިނގޭނެ ގޮތެއްވުމަށެވެ. މުޅި ބަލިން ކުއްޖާ ސަލާމަތް ކުރުމަށް ތި އެންމެ ބޭފުޅުންގެ ދީލަތި އެހީތެރި ކަމެއް ބޭނުންވާ ކަމަށް ފިޔާޒާ ބުންޏެވެ. 

މާތް ﷲ އަށްޓަކާއި ކޮށްފި ހޭދަ އަކީ މަދުވެގެންދާނެ އެއްޗެއް ނޫނެވެ. 

ގުޅޭނެ ނަމްބަރު: ފިޔާޒާ މޫސާ ދީދީ: އިންޑިޔާ ނަމްބަރު،  9042541633  +91

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި: 7702303135101 (ފިޔާޒާ މޫސާ ދީދީ)

އެކައުންޓް ނަމްބަރު:  ބީއެމްއެލް ޑޮލަރު: 7730000534579  (ފިޔާޒާ މޫސާ ދީދީ)

 ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް