ads
ރައީސް ސޯލިހު---
ރޯދަ މަހުގެ ފަހު 10 އެއްގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަދަނީ
ރޯދަ މަހުގެ ފަހު 10 އެއްގައި ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހެދުމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
Advertisement

ބ.ދަރަވަންދޫގައި މިރޭ ރައީސް ސޯލިހުގެ މެނިފެސްޓޯގެ ހެޔޮވެރިކަމުގެ ސިޔާސަތުތައް އިއުލާންކޮށްފައިވާ އިރު، އެ ސިޔާސަތުގެ ތެރޭގައި ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެންއުޅޭ ދުވަސްވަރުކަމަށްވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' މޮޑަލިޓީއިން މަސައްކަތްކުރާގޮތަށް ކަނޑައަޅާނެ ކަމަށް ބުނެފައިވެއެވެ. 

މަސައްކަތުގެ ބާވަތުންނާއި، މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯރކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ދިވެހި ސިވިލް ސަރވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެފަދަ ބައްޓަމަކަށް ގާއިމްކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި، ސިވިލް ސަރވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ މޮޑެލްއަށް ގެންނަންޖެހޭ ޤާނޫނީ އިސްލާހުތައް ގެންނާނެ ކަމަށް ބުނެފައިވެއެވެ.
އޭގެއިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ގަވަރނަންސްގައި ހުރި ފަރަގުތައް ނައްތާލައި، އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމްކުރުމަށްޓަކައި، ޕަބްލިކް ސަރވިސެއް ގާއިމްކުރުމުގެ ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނަކީ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްޤުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ ޤާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ޤާނޫނު އިސްލާހުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

ރައީސް ސޯލިހު ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސް ހުރިހާ މުވައްޒަފުން ހިމެނޭހެން ދައުަލތުގެ މުސާރަތޔައް 40 އިންސައްތަ ބޮޑު ކުރާނެކަން ވެސް އިއުލާން ކުރައްވާފައެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް