ގދ. ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި، އޮތް ކުޑަ ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދީގެން މައްސަލަ ހޫނުވެފައިވަނީ އިއްޔެއެވެ.
މުއްދަތު ހަމަވެފައިވާ އައިވީ ކުއްޖާއަށް ދިނީ ގައްދޫ އަށް ނިސްބަތްވާ ދިވެހި ނަރުހަކު ހުރެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޑޮކްޓަރަކުވެސް އެވަގުތު ހުރި ކަމަށެވް މައުލޫމާތުލިބެއެވެ.
މި ކަމާއި ގުޅިގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރުމު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމެޓްކޮށްގެން ފަރުވާ ދެމުން ގެންދިޔަ ހަތަރު އަހަރުގެ ކުޑަކުއްޖަކަށް މުއްދަތު ހަމަވައިވާ އައިވީއެއް ދެވިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެން ކަމުން އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދެނެގަނެ އެ ކުއްޖާ އަަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓްކޯލްތަކާއި އެއްގޮތަށް އަމަލު ކޮށްފައިވޭތޯ ބަލާ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލަ ހިނގާފައިވާ ގޮތް ހިއްސާ ކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.