ads
އިދިކޮޅު ޕީޕީއެމް/ޕީސއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް އައްޑޫއިން : ހަސަން ލުތުފީ
އޭސީސީގެ ކުރީގެ ރައީސް ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައިފި
އޭސީސީގެ ކުރީގެ ރައީސް ލުތުފީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

އެމްއެމްޕީއާރުސީ ތަހުގީގަށް ހޯދަމުންދާ އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ފުރުންް މަނާކޮށް ފައިވަނިކޮށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ލުތުފީ އަކީ ތަހުގީގަށް ހޯދަމުންދާ މީހެއްކަން ލުތުފީއަށް ވެސް ވާނީ އަންގާފައިކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިމުމާއެކު މެލޭޝިޔާއަށް ވަޑައިގެން މެލޭޝިޔާގައި ދިރިއުޅުއްވަމުން ގެންދެވުމަށްފަހު ހަސަން ލުތުފީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް އޮފިޝަލަކު ސީއެންއެމަށް ވިދާޅުވެފައިވަނީ ލުތުފީއަކީ އެމްއެމްޕީއާރުސީ ތަހުގީގާ ގުޅިގެން އެ ހިދުމަތުން ހޯދަމުންދާ މީހެއް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީސއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެންނެވުމުން މުއިއްޒުއަށް ލުތުފީ އައްޑޫއިން މަރުހަބާ ދަންނަވަންވެސް ނުކުތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް