އިޝާރުގެ ފަންއިމޭޖް އިން އެނިމޭޓުކުރާގޮތް ދިވެހިނަށް ހިލޭ ކިޔައިދެނީ
އައިޝަތު ނޫރާ
23 އޯގަސްޓް 2023 - 18:25:49
ފިލްމީތަރި އަހުމަދު އިޝާރުގެ "ފަންއިމޭޖް" އިން އެނިމޭޓުކުރާ ގޮތް ދިވެހިންނަށް ދިވެހި ބަހުން ކިޔައިދޭން ފަށާފައިވާކަމަށް އިޝާރު މިއަދު ބުނެފިއެވެ.
ސީޢެންއެމްއާ ވާހަކަ ދައްކަމުން އިޝާރު ބުނީ "މައުސްއަކުން ވެސް އެނިމޭޓުކުރުރެވިދާނެ" ކަމަށެވެ.
މިގޮތުން މިހާރު ފަސް އެޕިސޯޑެއް "ފަންއިމޭޖްގެ ޔޫޓިބް ޗެނަލް" އަދި ވެބްސައިޓްއަށް ވަނީ އަޕްލޯޑުކޮށްފައެވެ.
ދިވެހި ބަހުން ގެނެސްފައިވާ މި ޓިއުޓޯރިއަލްތަކުގެ އެންމެ ފަހު އެޕިސޯޑު މިއަދު އަޕްލޯޑު ކުރާނެކަމަށް އިޝާރު ބުންޏެވެ،
"މިޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަރާފަވާ ޒަމާނެއް. ކޮންމެ ދުވަހަކު އަންނަނީ އާ އޭއައިތައްވެސް ނުކުންނަމުން،" އިޝާރު ބުންޏެވެ.
ފަންއިމޭޖުން އެންމެ ފަހުން އަލަށް ނެރެފައިވަނީ ދިވެހި ބަހުން އެނިމޭޓް ކޮށްފައިވާ "އުއްދަނޑިގޭ ތަޅުދަނޑި" އެވެ. މި ސިރީޒް އަކީ "ބައިސްކޯފަށް" އުފައްދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް "ފަންއިމޭޖު" ގެ ވެބްސައިޓުން ވެސް ބަލާލެވޭނެއެވެ.
"އިންޑީ އެނިމޭޓަރުންނަށާ އަޅުގަނޑުމެން ކަހަލަ އާޓިސްޓުންނަށް ބައިސްކޯފުން ވެ ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" -އިޝާރު-
83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް