ads
ދިރާގުން އަމާން ވެއްޓަށާއި އަމާން ހިޔާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި - ފޮޓޯ:ދިރާގު
ދިރާގުން އަމާން ވެއްޓަށާއި އަމާން ހިޔާއަށް އެހީތެރިކަން ފޯރުކޮށްދީފި
ޖެންޑަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަސް (އެފްސީއެސްސީ) ތަކުގެ ދަށުން ހިންގާ އަމާން ވެށި އަދި އަމާން ހިޔާއަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އަމާން ވެށި އަދި އަމާން ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ގެދޮރު ފޯރުކޮށްދޭ އަދި ގެވެށި އަނިޔާ ތަހައްމަލްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ހިޔާތަކެއްގެ ގޮތުގައި އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ސެންޓަރުތަކެވެ.

ދިރާގުން ބުނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުން ވެދޭ އެހީގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކިޔެވުމަށް އެހީތެރިވުމުގެ ގޮތުން ހަލުވި ސްޕީޑްގައި އެ ކުންފުނީގެ އިންޓަނެޓް ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ. މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ހިންގާ އެފްސީއެސްސީތައް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ އެކު، އެ ކުންފުނީގެ އަމާޒަކީ އެ 10 އެފްސީއެސްސީއަސްގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށާއި ރާއްޖޭގެ ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން އެ ކުންފުނިން ދަނީ ފާއިތުވި އަހަރުތަކުގައިވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި ފަދަ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންނަށް އަޅާލާ ތަންތަނަށް އެކި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނި ގޮތުގައި ކުޑަކުދިންގެ ހިޔާއަށް އިންޓަނެޓް ފޯރުކޮށްދިނުމާއި ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާ ކުރުމާއި އެ ސެންޓަރުގެ ކޮމްޕިއުޓަރު ލެބާއި ލައިބްރަރީ ގާއިމުކުރުން ހިމެނޭ ކަމަށެެވެ. 

ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ މައިގަނޑު އެއް އަސާސް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އެ ކުންފުނިން ދަނީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމް ބޭސްޑް ސަޕޯޓު ފޯރުކޮށްދީ، މި ދާއިރާގައި މަސައްކަތް ކުރާ އެކި އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް