ads
ޝާޔަން ޝާހިދު
ބަނގުރަލާއެކު ޝާޔާން ހައްޔަރުކޮށްފި
ޕަބްލިކް ސަރވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާމިނަތު ޝާޔާން ޝާހިދު، ބަނގުރަލާ އެކު ހައްޔަރުކޮށްފިއެވެ.
Advertisement

ޕީއެސްއެމްގެ ކުރީގެ ޑީއެމްޑީ، ޝާޔާން ބަނގުރަލާއެކު ހައްޔަރުކުރިނަމަވެސް، ކޯޓަށް ހާޒިރު ކުރުމުން އޭނާވަނީ ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައެވެ. 

ޝާޔަންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ އޭނާ ހުރި ތަނުން ފެނުނު ބަނގުރާ ދަޅުތަކަކީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް އޭނާ ބުނުމުންނާއި، އަދި ޝާޔާންއަކީ ކުރިން ކުށުގެ އެއްވެސް ރެކޯޑެއް ނެތް މީހަކަށް ވުމުގެ އިތުރުން، ތުހުމަތު ކުރެވިފައިވަނީ ކުޑަ ކުށަކަށް ވުމުންނެވެ. ޝާޔާންގެ ފިރިމީހާވެސް މި މައްސަލައިގައި ހައްޔަރު ކުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ މީހުން ތިބި ތަނުން ފެނުނު ރަލަކީ ޝާޔާންގެ ފިރިމީހާގެ އެއްޗެއް ކަމަށް ކޯޓުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ބަންދާ މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ޝާޔާން ދޫކޮށްލާފައިވީނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވެއެވެ. 

މި މައްސަލައިގައި ޝާޔާންއާއެކު އިތުރު އެހެން ބައެއް އަންހެނުންނާއި ފިރިހެނުންވެސް ހައްޔަރު ކުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ދޫކޮށްލިއިރު، ބައެއް މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ޝާޔާންގެ ފިރިމީހާވެސް މި މައްސަލައިގައި ހައްޔަރުކުރި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ޝާޔާންއަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ޕީއެސްއެމް ބޯޑަށް އައްޔަންކޮށް، އަދި އެ ކުންފުނީގެ ޑެޕިއުއޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމްވެސް އަދާކޮށްފައިވާ މީހެކެވެ. 

65%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް