ads
ރިޔާޒް
ކުއްލި އެކްސިޑެންޓާއިއެކު ރިޔާޒުގެ ހަރަކާތް ހުއްޓިފަ، އެހީވެ ދެއްވާ
ލ. ކުނަހަންދޫ ގުލޭ ނޫރަންމާގޭ އަލީ ރިޔާޒު (އައްޔަ) އަށް ފެބުރުއެރީ 14 ވަނަ ދުވަހު ހެނދުނު 8:25 ގައި ހުޅުމާލޭ ސަހަރާ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައިވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. ބޮޑަށް އަނިޔާ ލިބުނީ އޭނާގެ ބޮަލަށެވެ. ރާއްޖޭން ފަރުވާ ކުރުމަށްފަހު އާއިލާއިން މިހާރު ތިބީ އިންޑިޔާގައެވެ.

ކަރެކްޝަން ގައި ވަޒީފާ އަދާކުރަމުން ދިޔަ ރިޔާޒު ފެބުރުއެރީ 14 ވަނަ ދުވަހު ހެނދުނު ޑިއުޓީ އަށްދާން ހުޅުމާލެ ސަހަރާމަގުން ނުކުމެ އޭނާގެ ސައިލް ދުއްވާލިއެވެ. ކުއްލިއަކަށް އޭނާގެ ހާލަތު ބަދަލުވިއެވެ.

ނަމަވެސް އެ ހާލަތާއި ބައްދަލުވީ މުޅި އާއިލާ އާއި ރައްޓެހި ދަންނަ އެންމެން ސިއްސުވާލާފަދަ ނުރައްކާތެރި އެކްސިޑެންޓެކެވެ. އެފަދަ ނުރައްކާތެރި އެކްސިޑަކާއި އޭނާ ކުރިމަތިލާން ޖެހުނުއިރު، ރިޔާޒު ހުރީ އެފަދަ ކަމެއް އޭނާ އަށް ވެދާނެ ކަމަކަށް ތައްޔާރު ވެގެނެއްނޫނެވެ. 

ނަމަވެސް ފަޅި ސިކުންތެއްގެ ތެރޭ ރިޔާޒުގެ ހާލަތު ބަދަލުވީ މުޅި އާއިލާ އާއި އޭނާ ދަންނަ އެންމެން ރޮއްވާލާފައެވެ.

your imageރިޔާޒްއަށް ވެފަހުރި ގެއްލުން

އެ ދުވަހުގެ އެ ހާލަތާއި އެކު ރިޔާޒު ތަންމަތިވިއެވެ. އޭނާގެ ލޯބި ލޯބި ދަރިއަކު އެބަހުއްޓެވެ. ބައްޕަ އަކަށްޓާކާއި ފޮނިހުވަފެންތަކެް ދެކެމުން އައި ދަރިއަކު ނިކަމެތިވީއެވެ. ލޯބިވާ އަންހެނުން އެކަނިވެރިވިއެވެ. އާއިލާ މާޔޫސް ވިއެވެ. ފެބްރުއެރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިހާރަށް ހަމަސްވެފައިވާއިރު އޭނާ އަށް ކުރިމަތިލާންޖެހިފައިވާ އަނިޔާއިން އަރަގަނެވޭނެ ގޮތެއްނުވިއެވެ.

"ވާހަކަ ނުދެއްކޭ. ގޮވާލީމަ ބޯ ޖަހާލާ. އާ، ހޫ މި ވަރު ވަނީ " ރިޔާޒު ކޮއްކޮ ފިޔާޒު ބުންޏެވެ.

ފިޔާޒު ބުނީ ބޭބެ އޮތީ ލިބުނު އަނިޔާގެ ސަބަބުން ވަރަށް ބޮޑުވަރުވެފައި ކަމަށެވެ. އޮތްތަނުން ތެދުނުވެވޭ ކަމަށާއި، ނަމަވެސް ފަރުވާ ލިބިއްޖެ ނަމަ އަދިވެސް އުއްމީދު އެބަ އޮތް ކަމަށެވެ. މީގެ އިތުރުން ރިޔާޒަށް ލިބުނު އަނިޔާގައި އޭނާ ބޮލުގެ ނާށި ގަޑު ކުދިކުދިވެ ސިކުޑިއަށް އޭގެ އެތިއެތިކޮޅު ވަނުމުގެ ސަބަބުން ސިކުޑީގެ ބޮޑުބައި ހަލާކުވެފައިވާ ކަމަށް އެ އާއިލާ އިން ވަނީ ބުނެފައެވެ.

އަދި ހަށިގަނޑުގެ އެއްފަޅިގެ ހަރާކާތް ނުކުރެވޭ ކަމަށާއި، ވާހަކަ ނުދެކެވި މީހެއްގެ އެހީތެރި ކަމާއި އެކު ތަންމަތީގައި އޮންނަންޖެހިފައިވާ ކަމަށެވެ.

މިހާރު އިންޑީޔާގައި ރިޔާޒުގެ ފަރުވާ އަށް ގޮސް ތިބޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. 

"މިހާރު ކުރިއަށް މިގެންދަނީ ރިހެބިލިޓޭޝަން ގެ ފަރުވާތައް، ފިސިއޮތެރަޕީ، ސްޕީޗްތެރަޕީ، ކޯޑިނޭޝަން ތެރަޕީ، ހައިޕަބެރިކް އޮކްސިޖަން ތެރަޕީ، ރޮބެޓިކް އާރމް ތެރަޕީ، އެންމެ މުހިންމު ތެރަޕީއަކާށް މިދެނީ އޮކްސިޖަން ތެރަޕީ، "

ސަބަބަކީ އޭގެ ސަބަބުން ބުރެއިން ޑެމޭޖް ގެ ރިކަވާރީ އަވަސްވާން އެހީތެރިވެދޭ، އަދި ބުރެއިންގެ ޑެމޭޖް ސެލް މަރުވުމުގެ ޗާންސް ކުޑަކޮށްދޭ، އަދި ޑޮކްޓަރުން  ލަފާދީފައި ވަނީ ފުރަތަމަ ނުވަ މަސް ދުހަކީ ރިކަވާރީއަށް އެންމެ މުހިންމު ދުވަސްވަރު ކަމަށާއި ދެވެން ހުރި ހުރިހާ ފަރުވާއެއް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށްވެސް ފިޔާޒު ބުންނެވެ.

އަދި އޮކްސިޖަން ތެރަޕީގެ ފުރަތަމަ 40 ސެސަން ނިމި ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން ލަފާ ކުރަނީ ރިކަވާރީއަށް އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަ ކުރަން ޖެހިދާނެ ކަމަށެވެ. އެކްސިޑެންޓް ހިނގި ދުވަހުން ފެށިގެން  މިދަނީ ހުއްޓުމެއްނެތި ރިކަވާރީއަށް ދެވެން ހުރި ހުރިހާ ފަރުވާއެއްދީ، މާތް ﷲގެ ތަނަވަސް ރަޙްމަތުން އަމިއްލައަށް އަލީއަށް އުޅެވޭވަރުވޭތޯ ގަދައަޅާ މަސައްކަތް ކުރަމުން ކަމަށްވެސް ބުނެފައިވއެވެ.

" ފަރުވާ އަށް އޮތީ ނުވަމަސް. ކިތަންމެ އަގުބޮޑަސް ބޭނުންވާ ފަރުވާ އަވަސް ކުރަންޖެހޭ. އޮކްސިޖަން ތެރަޕީ އަށް ވަރަށް ބޮޑު އަދަދެއް އަރާ." އާއިލާ

your imageރިޔާޒުގެ ބަލީގެ ހާލަތު އަންގައިދޭ ލިޔުމެއް....

"މިހާރު އާސަންދަ ހަމަޖެހެނީ ވަރަށް މަސައްކަތުން. އަދި އެންސްޕާވެސް ލިބެނީ އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން. އުސޫލު އޮންނަ ގޮތުން ރިހިބިލިޓޭޝަނަށް ވެއްޖިއްޔާ 2 ހަފްތާ އަށް އާސަންދަ ލިބެނީ އެއަށްވުރެ ގިނަވެއްޖިއްޔާ އެންސްޕާގެ ދަށުން އެހީދެނީ. އަމްރިތާ އަށް އައިފަހުން އެންސްޕާގެ ދަށުން އާސަންދަ 2 ހަފްތާއަށް ހަމަޖެހިއްޖިއްޔާ އަނެއް 2 ހަފުތާ ނުވަތަ 3 ހަފްތާ ދަނީ ހަމަނުޖެހި. ހަމަ ނުޖެހި ދާ ދުވަސްކޮޅު އަމިއްލަ ހަރަދުގައި ފަރުވާ ދެނީ. ކޮންމެ ފަހަރަކުވެސް އިތުރުކޮށްދޭން އެދުނީމަ އެކި އެކި ސަބަބުތަކާއި ހެދި ވަރަށް ދުވަސް އެބަހޭދަވޭ ހަމަނުޖެހި. ސަރުކާރުގައި އިސްކޮށް އުޅޭ ދަންނަ އެކިއެކި ރަޙްމަތްތެރިންނަށް ގުޅައިގެން އެތައް މަސައްކަތެއް ކުރާފަހުން އެގޮތަށް ވެސް ހަމަޖެހެނީ،" -އާއިލާ-

ރިޔާޒުގެ އާއިލާއިން އިންޑިޔާގައި ތިބޭތާ ވެސް މިވަނި އެތަކެއް ދުވަހެއް ވެފައިކަމަށާއި، ރިޔާޒުގެ ފަރުވާ އަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.

ހިނގާބިގާވެ އުޅުމަށް ރިޔާޒު ބޭނުންވެއެވެ. ކުރިން އުޅުނު އުފާވެރި ދިރިއުޅުމަށް އެބުރިދާން އޭނާ ބޭނުންވެއެވެ. އެ އުއްމިދުގައި އޮތް ރިޔާޒު އޮތީ އެ އަލިމަގެއް ދެއްވާތޯ ދުއާ ކޮށްލަ ކޮށްލައެވެ. 

your imageރިޔާޒު ...

ހެލްޕް ރިޔާޒުގެ ފޭސްބުކު ޕޭޖުގައިވެސް އޭނާގެ ޝަކުވާތައް އެބަހުއްޓެވެ. ކުރިން ކޮންމެ ދުވަހަކު ކޮފީ އަށްދާން ގުޅާ ރަހުމަތްތެރިން އަހަންނަ ނުގަޅަނީ ކީއްވެ ހެއްޔެވެ. އަހަންނަ ވާހަކަ ނުދެއްކޭތީ ހެއްޔެވެ. އަހަރެން ބަލި އެދުގައި އޮންނަން ޖެހުމުންހެއްޔެވެ. 

މި ޝަކުވާތަކާއިއެކި އެޕޭޖުގައި ބުނެފައިވަނީ ތިޔަ އެކުވެރިންގެ އެހީއަށް ބޮޑަށް ބޭނުންވި ދުވަހު އެކަނިވެރިކޮށް މާޔޫސްކޮށް ބާކީ ކޮށް ނުލާށެވެ. އެހީތެރި ކަމުގެ އަތެއް ދިއްކޮށްލަ ދޭށެވެ.

ގުޅޭނެ ނަންބަރުތައް: 7989824 ފިޔާޒު (ރިޔާޒުގެ ކޮއްކޮ)

އެކައުންޓް ނަމްބަރު:  7703240280101 (ބިމީއެމްއެލް) އަލީ ރިޔާޒު

އެކައުންޓް ނަމްބަރު:7730000575047 (ޑޮލަރު) އަލީ ރިޔާޒު 

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ.



3%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
78%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް