ads
ރައީސް ނަޝީދު......
ަމެންބަރު ޝިޔާން އެމްޑީޕީއަށް ދިއުމުން ފާޑުކިއުން ރައީސް ސޯލިހުއަށް
ޝިޔާން އެނބުރި އެމްޑީޕީއަށް ދިޔުމުން ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހު ގެންދަވަނީ ދައުލަތުގެ ފައިސާ ބޭނުނުން ކުރައްވައިގެން މަޖިލިސް މެމްބަރުންނާއި އެހެނިހެން ވެސް މީހުންނަށް ރިޝްވަތު ދެމުން ކަމަށެވެ.

ރައީސް ނަޝީދު ރައީސަށް ސޯލިހަށް ފާޑުވިދާޅުވެ ޓްވީޓް ކޮށްފައިވާއިރު، މީގެ ކުރިން ނަޝީދާއި އެކު މަސައްކަތް ކުރެއްވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ރޭގަ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

"ރައީސް ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރަމުން. މަޖުލިސް މެމްބަރުންނާއި އެހެންވެސް މީހުންނަށް ރިޝަވަތު ދެމުން،" -ނަޝީދު-

އިތުރަށް ނަޝީދު ވިދާޅުވެފައިވަނީ އެގޮތަށް ފައިސާދީގެން ވާނެ މޮޅެއް ނޯންނާނެ ކަމަށާއި، އެ މަނިކުފާނު ވާނީ ފަލީހަތް ކަމަށެވެ.

ހަސަން ޝިޔާން އެމްޑީޕީންވަކިވެ ވަޑައިގަތީ ރައީސް ނަޝީދުގެ ސަޕޯޓަރުން އުފެއްދެވި، ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅުމަށެވެ. 

ނަމަވެސް ރޭ އެމްޑީޕީއާ އަލުން ޝިޔާން ގުޅިވަޑައިގެން، އޭނާގެ ފޯމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވާފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދިއިރު އެ ޕާޓީއާގުޅުނު މަޖިލިސް މެންބަރުންގެ ތެރޭގައި ގިޓާ އޭރު ހިމެނިވަޑައިގަންނަވައެވެ. 

މިއީ މި މަހުގެ ތެރޭގައި ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެން ދެ ވަަނަ މަޖިލިސް މެންބަރެވެ. މިގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ދާދިފަހުން އެމްޑީޕީއާ ގުޅިވަަޑައިގެންފައެވެ.

ޔާސިރަކީވެސް ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް