ads
ދަ ޑިމޮކްރެޓްގެ ޕްރައިމަރީ ވޯޓުލުމުގެ ތެރެއިން އިންތި
މަޖިލިސް ހިންގަން އޮތް ހުރަހަކަށް މި ޕާޓީ ނުވާނެ: އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލީސް ހިންގަން އޮތް ހުރަހަކަށް ދަ ޑިމޮކްރެޓްސް ނުވާނެކަމަށް އެ ޕާޓީގެ ތަރުޖަމާނު އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެެ.
Advertisement

އިންތި މިހެން ވިދާޅުވީ މިއަދު އެ ޕާޓީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ ދައުރުގެ ދެ ވަނަ ދައުރުގެ ފަހުކޮޅުގައި ދަ ޑިމޮކްރެޓްސް ޕާޓީއަށް ބައެއް މެންބަރުން ގުޅިވަޑައިގަތުމާއި ގުޅިގެން މަޖިލީހުން އިދާރީގޮތުން ހުރިކަންކަން ނިމެންދެން ވަނީ ކޮމެޓީ މަސައްކަތްތައް މެދުކަނޑާލާފައެވެ. 

އިންތި ވިދާޅުވީ އެ ޕާޓީން މަޖިލީހަށް ދޭންޖެހޭ އެއްބާރުލުން ދެމުން އަންނާނެކަމަށެވެ. 

ކޮމެޓީ ތަކަށް ހުށައަޅަން ޖެހޭ ލިޔުންތައް ވެސް ހުށައެޅުމަށް ޑިމޮކްރޭޓްސް އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާ 15 މެންބަރުންގެ މައުލޫމާތު އަޅުގަނޑުމެން ވާނީ މަޖިލީހާ ހިއްސާކޮށްފަ. މަޖިލީހުގެ މަސައްކަތްތައް މަޑުޖައްސަނީ ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެންބަރުން،"

ދައުރުން ބޭރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވުނު ދެވަނަ ހާއްސަ ޖަލްސާގައި މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމެޓީތައް ތަމްސީލު ކުރައްވާނެ ނިސްބަތް ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމެޓީތަކުން އިންތިހާބު ކުރުމައްޓަކާއި، ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ސްލޮޓުތަކުގެ ތެރެއިން މަދު ސްލޮޓެއް ފިޔަވާ ކޮމެޓީތައް ތަމްސީލު ކުރައްވާ މެމްބަރުންގެ ނަން ވެސް ވަނީ ފޮނުވާފައެވެ. 

ރައީސް ނަޝީދު އެ ދުވަހު ވިދާޅުވެފައިވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް ހަމަޖެހުމާއި އެކު އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަހުސްގެ ވަގުތު ކަނޑައެޅި މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ނަޝީދާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އިތުރު ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ވަނީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭކަމަށް ބުނާ މައްސަލައެއްވެސް ފުލުސް އޮފީހަށް ހުށަހަޅާފައެވެ. 

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިމިވަނީ، ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން އެމްޑީޕީއާ ގުޅެން ފަށާފައިވަނިކޮށެވެ. މަޖިލީހުގެ 15 މެމްބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރި ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅާފައި ވަނީ އެތަނުން އެންމެ ތިން މެމްބަރުންނެވެ. އޭގެ ތެރެއިން ދެ މެމްބަރަކު މިހާރު ވަނީ އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް