ads
މިނިސްޓާ މާރިޔާ ޓީވީ ޕްރޮގްރާމެއްގައި: ފޮޓޯ ޝާން ޓުވިޓާ
ޕީޕީއެމްގެ ގިނަ ބަޔަކު އެމްޑީޕީއާ ވަނީ ގުޅެން ފަށާފައި: މާރިޔާ
ޕީޕީއެމްގެ ގިނަބަޔަކު އެމްޑީޕީއާ ގުޅޭން ފަށާފައިވާކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ނީސްވެރިންނާ ބައްދަލުކުރައި ސޯލްޓު ކެފޭގައި ވާހަކަ ދައްކަވަމުންނެވެ. 

މާރިޔާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭވެސް ޕީޕީއެމް އަށް ނިސްބަތްވާ 633 މީހަކު ހުޅުމާލެއިން އެމްޑީޕީއާ ގުޅިފައިވާކަމަށެވެ. 

އޭގެ ތެރޭގައި ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ނައިބުރައީސްވެސް ހިމެނޭކަމަށެވެ. 

"އެ މަނިކުފާނުވެސް ވިދާޅުވީ މިހުރީ ނުކުމެ އެއްބުރުން ކާމިޔާބުކުރާށޭ. ރަށްރަށުން ވެސް ފެންނަމުން ދަނީ އެ މަންޒަރު،" ހުޅުމާލޭ ގޮފީގެ ނައިބު ރައީސް އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް 13 ދުވަސް އޮތްއިރު، ރައީސް ސޯލިހަށް އޮތް ތަރުހީބު އެމަނިކުފާނު ރައްޔިތުން ގާތަށް ވަޑައިގަތުމުން އެނގޭކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. 

46%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް